ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އޮޓޯ އެޓެންޑަންޓުގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް ތައާރަފު ކުރުމަށް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޓޯ އެޓެންޑެންޓުގެ ހިދުމަތް ހޯއްދަވައި، އެ ހިދުމަތް ތައާރަފު ކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. ހިދުމަތް ތައާރަފު ކޮށްދެއްވައި އިސްމާއީލް ނަވީން ދެއްކެވި ވާހަކައިގައި، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތް، އޮޓޯ އެޓެންޑެންޓުގެ ހިދުމަތާއެކު އަވަސްވެގެން ދިއުމާއި، ފަސޭހަކަމާއެކު ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ދެެއްކެވި ވާހަކައިގައި، ޓްރެފިކް މެނޭޖްމަންޓުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ތަރައްގީކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

އޮޓޯ އެޓެންޑެންޓުގެ ހިދުމަތަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަގުސަދުގައި ތައާރަފު ކުރެވިގެންދިޔަ ހިދުމަތެކެވެ. ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހޮޓްލައިން ނަމްބަރު 3333835 އަށް ގުޅުއްވައި ބޭނުންފުޅުވާ ހިދުމަތެއް ނެންގެވުމުން ފަސޭހަކަމާއެކު އަވަހަށް ރައްޔިތުންނަށް މިހާރު ހިދުމަތް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން