ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފް ޢަލްވީ، ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ.

ރައީސް ސޯލިޙްގެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފް ޢަލްވީ ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ޑރ. އާރިފް އަލްވީ ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު އަނބިކަނބަލުން ސަމީނާ އަލްވީވެސް ކޮވިޑް ޓެސްޓެެއް ހައްދަވައި، ޓެސްޓު ނަތީޖާ ނެގަޓިވްވިނަމަވެސް އެކަހެރިވެ ކަރަންޓީނުވެ ވަޑައިގެންފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ ރައީސް، ޑރ. އާރިފް އަލްވީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިއުލާންކޮށްފައިވާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެގައުމުގެ ބޮޑުވަޒީރު، އިމްރާން ޚާން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން