މިއަދު ރާއްޖެ އައި ސިންގަޕޫރު އެއަރލައިންސްގެ ފްލައިޓް، ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި.
މިއަދު ރާއްޖެ އައި ސިންގަޕޫރު އެއަރލައިންސްގެ ފްލައިޓް، ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި.
ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ސިންގަޕޫރު އެއަރލައިންސުން ވައިގެ ދަތުރުތައް ފަށައިފިއެވެ.

ކޮވިޑާއި ގުޅިގެން ސިންގަޕޫރު އެއަރލައިންސުން ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ކުރަމުންދިޔަ ވައިގެ ދަތުރުތައް މެދު ކަނޑާލާފައި އޮތުމަށްފަހު، އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ. މިގޮތުން ސިންގަޕޫރު އެއަރލައިންސްގެ ފުރަތަމަ ފްލައިޓް މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަނީ ޖައްސައިފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ސިންގަޕޫރު އެއަރލައިންސުން ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ހަފުތާއަކު ތިން ފަހަރު ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.



ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާ ފަތުރުވެރިކަން ފެށި ފަހުން ރާއްޖެއަށް މިހާރު 30 އަށްވުރެއް ގިނަ އެއާލައިނަކުން ދަތުރުތައް ފަށައިފައިވާއިރު، ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެދުވަހު ހެނދުނު 8:27 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަތަރު އެއާވޭސްގެ ފްލައިޓު ޖެއްސުމާއެކު މަޑުޖެހިފައި އޮތް ރާއްޖޭގެ އިޤްތިޞާދު އަލުން ވަނީ ހިނގައިގަނެފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން