ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، އަންނަ ހޮނިހިރުދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖޭގައި ކޯވިޑް-19 ދިފާޢު ވެކްސިން ދޭން ފެށީ މިއަހަރުގެ ފެބްރިއަރީ މަހުގެ އެކެއްގައެވެ. ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިނެވެ. އެޗްޕީއޭއިން މިއަދު ބުނީ ކޯވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒްގެ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދޭން ފަށަށް އެޗްޕީއޭއިން ނިންމާފައިވާކަމަށެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ކަމށް ސިއްހީ މާހިރުން ބުނެ އެވެ. ދެ ޑޯޒް ޖެހުމުން ކޮވިޑް ޖައްސާ ކޮރޯނާ ވައިރަސްއިން ޖެހޭ ރޯގާ ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމުގައި ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.
މާލޭގެ 8 ސެންޓަރުންނާ އަތޮޅުތަކުގެ 169 ސެންޓަރެއްގައި ވެކްސިން ދެމުން ގެންދެއެވެ. އަތޮޅުތަކުގައި އަދި ދެނީ ކޮވިޝީލްޑް ވެކްސިނެވެ. އެހެންނަމަވެސް މާލޭގައި މިހާރުވަނީ ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިން ދޭން ފަށާފައެވެ. ސިނޮފާމް ވެކްސިނަކީވެސް ދެ ޑޯޒް ފުރިހަމަކުރަންޖެހޭ ވެކްސިނެކެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންވާނީ، ފުރަތަމަ ޑޯޒް ޖެހި ބާވަތުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންދާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒާއެކު ދީފައިވާ ވެކްސިން ކާޑު ގެންދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު