އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   31 މާރިޗު 2021 - 18:12
މާލޭގެ ރައްޔިތުންނަކީ ސަލާން ޖަހަން ދާނެ ބައެއް ނޫންކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުން ހިޔާ މަޝްރޫޢު ކުރިއަށް ގެންދިޔަ ގޮތް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ޙާލަތުގެ ވާހަކަ އަބަދުވެސް ދައްކާނެކަަމަށާއި، މާލޭގެ ރައްޔިތުން ހާލުގައި އުޅޭތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ.



މާލޭގެ ރައްޔިތުން ފިޔަވާ އެހެން ހުރިޙާ ރައްޔިތުންނަށް ބިން ލިބޭ އިރު މާޅޭގެ ރައްޔިތުންނަށް ބިން ދޫނުކުރާތާ 40 އަށްވުރެ ގިނަ އަހަރުވެފައިވާކަމަށް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން. މާލޭގެ ރައްޔިތުން ނުދާނެ ސަލާން ޖަހާކަށް އިއްޒަތްތެރި ރައީސް." މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މުޙައްމަދު ރަޝީދު ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމަށް އެންމެ މުހިންމު މަސައްކަތެއްކުރީ ރައީސް ނަޝީދުކަމަށާއި، އެމަނިކުފާނު ކުރެއްވި މަސައްތުގެ ފައިދާ ވަރަށް ގިނަ ބަޔަކަށް ލިބުނުކަމަށެވެ. އަދި މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަޤީންކޮށްދޭނެކަަމަށްވެސް މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން