ހަބް ކުންފުންޏަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން 718،431 ރުފިޔާ ދައްކަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޑީއާރްޕީގެ ޒައީމް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވި އިރު، ހަބް ކުންފުނިން ހޯދި ހިދުމަތްތަކަށް ދައްކަންޖެހޭ މިފައިސާ ހޯދުމަށް ހަބުން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ ޖުމުލަ އަގަށްވާ 718،431 ރުފިޔާ އަކީ ދައްކަން ޖެހޭ އެއްޗެއް ކަމަށެވެ.
ނަމަވެސް އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ޑީއާރުޕީގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން 2015 ވަނަ އަހަރު ހައިކޯޓުން ވެސް ވަނީ ސިވިލްކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމާމެދު ވެސް ހިތްހަމަ ނުޖެހިގެން އެ މައްސަލަ ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ ހަބް ކުންފުނިން ހުށައެޅި އިންވޮއިސް ތަކުގައިވާ އަގުތަކާ މެދު ޑީއާރުޕީން ސުވާލު އުފައްދާނަމަ، އެ އިންވޮއިސްތަކަށް ދެފަރާތުން ކުރިން އެއްބަސްވެފައިވާ އަގަކީ ކޮބައިކަމާއި އަދި އެގޮތަށް އެއްބަސްވިކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަން ޖެހޭނީ ޑީއާރްޕީން ކަމަށެވެ. ނަމަވެސް އެކަން ސާބިތުކުރަން އެއްވެސް ހެއްކެއް އެ ޕާޓީގެ ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި، އެހެންކަމުން ޑީއާރުޕީން ފައިސާ ދައްކަންޖެހޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކިޔުންތެރިންގެ ހިޔާލު