ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފައިސާ ފޮނުވާ އުސޫލަށް ބަދަލު ގެނައުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފިއެވެ.

ކަރެކްޝަންސްއިން މި ގޮތަށް ނިންމާފައިވަނީ، ދައުލަތުގެ އިދާރާތަކަށް ބަލައިގަންނަ ފައިސާ ބަލައިގަތުން ހުއްޓާލާ، ބަނޑޭރި ޕޭ މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަތުމަށް، ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ނިންމުމާ ގުޅިގެންނެވެ.

ބަނޑޭރި ޕޭ ޕޯޓަލްއަކީ ދައުލަތުގެ މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާ، ފަސޭހަކަމާއެކު ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޤާއިމްކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް އެކެވެ.

ކަރެކްޝަންސް ގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް، ފިނޭންސް މިނިސްޓްރީން ގާއިމު ކޮށްފައިވާ "ބަނޑޭރި ޕޭ" އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތް ހަމަޖެއްސުމަށް ކަރެކްޝަނuން ނިންމާފައިވާއިރު މި އުސޫލަށް އަމަލުކުރަން ފަށާނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޝަރުޢީ ދާއިރާއަށް ދައްކަން ޖެހޭ ފައިސާ، ބޭންކް އެކައުންޓަށް ބަލައިގަތުން 2020 ޖޫން 30 ގެ ފަހުން ހުއްޓާލައި، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ވެސް މިހާރު ބަލައި ގަންނަނީ "ބަނޑޭރި ޕޭ" މެދުވެރިކޮށެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނަށް ފައިސާ ފޮނުވުމުގެ އުސޫލަށް ކަރެކްޝަނުން ބަދަލު ގެނައިއިރު ޖަލުގައި ތިބޭ މީހުންނަށް އިތުރު ވަސީލަތްތައް ފޯރުކޮށްދީ އަޚްލާގު ރަނގަޅު ގައިދީންނަށް މާފު ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު