ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
އިންޓަނެޓްގެ ސްޕީޑް ރަނގަޅުކުރުމަށް ޓީއޯއާރު ބްރައުޒާއެއް ތައްޔާރުކޮށް، އެކަމަށް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓެލެކޮމް ކުންފުނިތަކުން ދޭ ޚިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޓަނެޓްގެ ހިދުމަތަށް ބުރޫނާރާނެ ގޮތަކަށް ހިދުމަތްދެވޭތޯ ސަރުކާރުން ކަށަވަރުކުރާނެ ކަމަށާއި އެގޮތުން މިހާރު ކުރަމުންދަނީ ޓީއޯއާރު ބްރައުޒާއެއް ތައްޔާރުކޮށް، އެކަމަށް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ މިއަހަރު ނިމުމުގެ ކުރިން އިންޓަނެޓްގެ ސްޕީޑަށް ހައްލުތަކެއް ގެނެވޭނެ ކަމަށް ދެކިގެން އެބޭފުޅުން އެ މަސައްކަތް ކުރަނީ." މަބުރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިހާރު ވަޒީރެއް ނެތް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީއަށް އެހެން ބޭފުޅަކު އައްޔަންކުރުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މަބުރޫކް ވިދާޅުވިއެވެ. ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން ދޭ އިންޓަނެޓްގެ ޚިދުމަތްތަކުގެ ފެންވަރު ދަށް ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ޚާއްޞަކޮށް އެޚިދުމަތް ދޭ ދިރާގާއި އުރީދޫއިން ދޭ އިންޓަރނެޓްގެ ޚިދުމަތް ލަސްކަމުންނާއި ޕެކޭޖް ހަދައިގެން ރައްޔިތުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިންޓަރނެޓްގެ ޚިދުމަތް ހަލުއިކޮށް ފެންވަރު ރަނގަޅު ކުރުމާއި އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނުގެ ވެރިކަމަށް 3 އަހަރު ވެގެންދާއިރު އެ ވަޢުދު ފުއްދިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން