ބިންވިއްކާ އިސްލާހާއި ގުޅިގެން ޔާގޫތުގޭގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކިވާހަކަ މަޖިލީހުގައި ދައްކަވަން ކެރިވަޑައިގަންނަވާނެތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އަދި އެޕާޓީ އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އިބްރާހީމް އިސްމާޢީލް، އިބުރާގެ ސުވާލެއް މަޖިލިސް ނާއިބް ރައީސް އީވާއަށް އަމާޒު ކުރުވައިފިއެވެ.

އިބްރާ އީވާއަށް އަމާޒުކުރަށްވައި ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެކި ވާހަކަތައް ދައްކަވާއިރު މީގެ ކުރިން ކަންކަން ހިނގައިދިޔަ ގޮތުގެ ވާހަކަ މަޖިލީހުގައި ދައްކަވަން ކެރިވަޑައި ނުގަންނަވަނީ ކޮން ސަބަބަކާއި ހެދިކަން ހާމަކުރައްވަންޖެހޭކަމަށެވެ. އަދި މިއަދު މަޖިލީހުގައި ބިން މިލްކު ކުރުމާއި ގުޅޭގޮތޮތުންނާއި، ބޯހިޔާވަހިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާ މެމްބަރުން އެދުވަހުގެ މަތީން ހަނދާން ކޮށްލަންޖެހޭކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެކި ރާގުރާގަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ މަޖިލީހުގައި ވާހަކަ ދައްކަވާއިރު، މާޒީގައި، ޚާއްސަކޮށް ބިން ވިއްކުމާއި ގުޅޭގޮތުން ޔާގޫތުގޭގައި އިންނަވައިގެން ދެއްކެވި ވާހަކައިގެ މަތީން ހަނދާންކޮށްލުން ރަނގަޅު ވާނެކަމަށެވެ.

"ޤާނޫނު އަސާސީއަށް ބިންވިއްކާ އިސްލާހަށް ވޯޓު ދިން ދުވަހެއްގެ ކުރީރޭ، އިއްތިފާޤަކުން އަޅުގަނޑަށް ޔާގޫތު ގެޔަަށް ވަދެވުނު. އެރޭ ޓެރަސްގައި ކަމަނާ އިންނެވިންތޯ؟ ރީތި މަޚުރަޖަކާއި ރާގެއްގައި އެރޭގެ ޔައުމިއްޔާވެސް މަޖިލީހުގައި ކިޔުއްވަ ބައްލަވާ." އިބްރާ ވިދާޅުވިއެވެ.

މަޖިލިސް ނާއިބް ރައީސް އިވާ އަބްދުﷲ އަކީ ސަރުކާރުގެ އެކި ސިޔާސަތު ތަކާއި ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން