ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަރާތްތަކަށް ލިބޭނީ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެކުލަވާލައި ފުލެޓު ކޮމިޓީއަށް ފެންނަ އަދި ޝަރުތު ފުރިހަމަވާ މީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބޭ 6000 މީހުންގެ ތެރެއިން 5800 މީހުންނަށް އެއްވެސް މައްސަލަ އެއް ނެތި ފުލެޓް ދެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފުލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ނަމުގައި އެހެން ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައިވޭތޯ ބަލަމުންދާ ކަަމަށެވެ. އެކަންކަން ބެލިއިރު ގާތްގަނޑަކަށް 200 ވަރަކަށް މީހުންގެ ނަމުގައި ސަރުކާރުން ދޫކޮށްފައިވާ އެކި ބޯހިޔާވަހިކަން ރަޖިސްޓްރީވެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.



އަސްލަމް ވިދާޅުވީ ފުލެޓް ލިބޭ ފަރާތްތަކަށް ހިޔާ މަޝްރޫއުގެ ދަށުން ލިބޭ ފުލެޓް ކަނޑައެޅުމަށް ގުރުއަތުލުން ކުރިއަށް ގެންދާނީ އެކަން ބެލުމަށްފަހު ކަމަށެވެ.

"ބައިވަރު ފުލެޓްތަކެއް މިހިރީ، އެތަނުން ކާކަށް ކޮން ޔުނިޓެއްތޯ ދޭނީ ކޮންމެވެސް ޕްރޮސެސް އެއް ހިންގަންޖެހޭ، އެ ޕްރޮސެސްއަކީ، މި ހިންގަނީ ގުރުއަތެއް، ގުރުއަތުލުން ބޭއްވުމަށް މަސައްކަތް ކުރަނީ އެ ލިސްޓް ވީހާވެސް ކުޑަކޮށްފައި މަޑު ޖައްސާލައިގެން މިދަނީ." ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފްލެޓު ތަޅުދަނޑި ހަވާލުކުރުން ލަސްވަނީ ލިސްޓުން އުނިކުރާނެ ސަބަބުހުރި މީހުން އުނިކުރުމުގެ ކުރިން ކޮންމެ މީހަކަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތުދޭން ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެމީހުންނާ ކޮމިއުނިކޭޓް ކުރާނަން ސިޓީން ހަމަ. އަޅުގަނޑުމެންނަށް މި ދެންނެވި ތަންތަނުން ރިކޯޑުތަކުން ފެނުނީމަ އަހާނަން ސާފުކޮށްދޭން. އެކަންކަން އެބަޖެހޭ ހިންގަން. އަޅުގަނޑުމެންގެ ނިޔަތަކީ އެމީހަކު ލިސްޓުން އުނިކުރުމެއް ނޫން. އަޅުގަނޑުމެން އަހާނަން. މިނިސްޓްރީން ދާނެ ސިޓީ. ދެން ސާފުކޮށްދޭ އިރު އެކަން އެހެން އޮވެއްޖެއްޔާ ނުލިބޭނެ." ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން