ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ. ހިތަދޫ ކުރީގެ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ސޮއިކުރެވުނު މިމަޝްރޫޢުއަކީ 52،433،444.84 ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިމަޝްރޫޢުގެ ދަށުން 800 މީޓަރ ސޭންޑް ބްރޭކްވޯޓަރ ހެެދުމާއި، 284 މީޓަރ އެއްގަމު ތޮށިލުމާއި، 57 މޫރިން ރިންގްސް ހެދުމާއި، ބަނދަރުގައި 14 ބައްތިހަރުކުރުން ހިމެނެއެވެ. އަދި 1420 ސްކުއަރ މީޓަރ ޕޭވްމެންޓް ހެދުމާއި، ޕޭމަންޓުގައި ޑްރެއިން ގާއިމުކުރުމާއި، ދެ ނެރުބައްތި ޖެހުން ހިމެނެއެވެ.

އަދި ހަމަ މިމަޝްރޫޢުގެ ދަށުން މެދުދިޔައިގައި 3.5 މީޓަރު ހުންނަވަރަށް ބަނދަރު ތެރެ ފުންކުރުމާއި، މެދުދިޔައިގައި 4 މީޓަރު ހުންނަވަރަށް ނެރު ތެރެ ފުންކުރުން ހިމެނެއެވެ.

މިމަޝްރޫޢު ހިންގުމަށް ކޮންޓްރެކްޓްގައި ހައުސިންގ އެންމެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން