އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލައި، ސްޓެލްކޯގައި ބޭނުންކުރާ ކަރުދާސް މަދުކުރުން ނުވަތަ ޕޭޕާލެސް ޓްރާންސިޝަން މިއަދު އިފްތިތާހުކޮށްފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްދެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލް ކަރީމް އެވެ. މިއާއެކު ސްޓެލްކޯއިން ހިންގަމުން ގެންދާ 35 އިންޖީނުގެ ވެގެންދާނީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާތަންތަނަށް ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިއަދު މި ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމް ގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ. އަދި ޒަމާނުއްސުރެ ކަރުދާސް ޕްރިންޓްކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން މިޕްރޮގްރާމްގެ ދަށުން މަދުވެ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 އިންސައްތައަށް މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު ކުޑަކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިޕްރޮގްރާމްގެ ސަބަބުން މަސައްކަތަށް ހަލުއިކަން ލިބި ވަގުތު ސަލާމަތްވެ ފަސޭހަކަން ލިބުމާއި ހަރަދު ކުޑަވުން މިއީވެސް ތިމާވެށި ސަމާލަތް ކުރުމަށް ސްޓެލްކޯއިން ކުރެވޭ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހާސިލް ކުރާނެ މުހިންމު ލަނޑުދަނޑި ތަކެއްކަމުގައި ސްޓެލްކޯގެ މެޖޭނިންގ ޑިރެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެހެން އިދާރާތަކާއި، ކުންފުނިތަކުންވެސް ސްޓެލްކޯއިން މި ދެއްކި ނަމޫނާ އާއި އެއްގޮތައް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި އެކުންފުނީގެ މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒިފަކަށް ރީ-ޔޫސަބަލް ފެންފުޅިއަކާއި، ފޮތި ދަބަހެއް ވަނީ ހަވާލު ކުރެވިފައެވެ.

އަދި ސްޓެލްކޯގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، އެކުންފުނީގެ އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކުންވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި އިމާރާތުގެ އެތެރެއަށް ވަންނަވާއިރު ބަހައްޓަވާލެއްވޭނެ އިންތިޒާމްވެސް އެކުންފުނިން މިހާރު ވަނީ ގާއިމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން