އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ވަޙީދާ ނެރުއްވި އެ އަމުރުގައި ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަންކަން ކަށަވަރުކޮށް، އެ މިންގަނޑަށް ފެތޭ ގޮތަށް އިބުރާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އިބްރާ ކޯޓަށް ހާޒިރުކުރަނީ ސިވިލް ކޯޓުން ބަލަމުން އަންނަ ތަންފީޒީ މައްސަލައެއްގައި ހިމެނޭ ކުންފުންޏެއްގެ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ކަމަށް އަމުރުގައިވެއެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރަނީ ކުރިން ނެރެފައިވާ އަމުރަކާ ހަވާލުވެފައިނުވާތީ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.
https://twitter.com/ibramandhu/status/1377568582666645504?s=19
ބަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރުކުރާއިރު ދާދިފަހުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދަކީ ޖޭއެސްސީގެ ރައީސެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު