ފަތިހު 4:30 އިން މެންދަމު 1:00 އަށް ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިއްމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މި ގަޑިތަކުގައި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިއްމައިފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމާއި އެއްގޮތަށް އެޗްޕީއޭ އިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވަން ދިން ހުއްދައިގެ ދަށުންނެވެ.

އިކޮންމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ރަމަޟާންމަސް ފެށެންދެން، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އިކޮންމިކް މިނިސްޓްރީ އިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކުން އެޗްޕީއޭއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އަންގާފައެވެ.

އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން އެ ގަޑިތަަކަށް ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމަށް އެދޭ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ފަތިހު 4:30 އިން މެންދަމު 1:00 އަށް ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިއްމާފައިވާއިރު މާލޭގައި އިއުލާންކޮށްފައިވާ ކާފިއު އުވާލައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން