ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ (އަދުރޭ)
ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ (އަދުރޭ)
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ރައްޔިތުން އެބުނަނީ ގައުމަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ކަމުގައި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ އަބުދުﷲ ނަސީރުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރެވޭނީ އިދިކޮޅު ޕީޕީއެމަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ދީގެން ކަމަށެވެ.

"ތިބޭފުޅުން ހަދާނެ ގޮތެއް ގައުމަށް ހަދާށޭ، އެހެން ބުނެވެނީ ރައްޔިތުންނަކީ އެކަހަލަ ބައެއް ނޫން ރައްޔިތުންނަކީ މާޒީން އިބްރަތް ހާސިލްކޮށްގެން ކުރިމަގު ބައްޓަން ކުރުމުގެ ވިސްނުން ހުރިބައެއް، އެ ވިސްނުން ބޭނުން ކުރައްވައިގެން ވޯޓް ދެއްވަންވީ ޕީޕީއެމް ޓިކެޓްގައި ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ކައުންސިލަރުންނަކީ ތަރައްގީއަށް ހުރަސް އަޅާނެ ބަޔެެއް ނޫން ކަމަށާއި، އެއީ ތަރައްގީއަށް ޖާގަ ދޭނެ ބަޔެއް ކަމަށެވެ. ޕީޕީއެމުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އިންތިޚާބު ކޮށްދޭންޖެހޭ ކަމަށާއި އެއީ މާލެ އަށް ބަދަލެއް ގެނައުމަށް ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"އެއީ މާލޭގެ ރައްޔިތުން ބޭނުންވާ އަމާންވެށި ގާއިމް ކުރުމަށްޓަކައި، އެކަން ކުރެވޭނީ ޕީޕިއެމް ފިކުރުގެ ބޭފުޅުންނަށް ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ޕީޕީއެމް ކައުންސިލަރުންނަށް ކެރޭނެ، އެކަމަކު ސަރުކާރުން ރައްޔިތުންނާއި ނުގުޅޭ ކަންކަން ގައުމަށް ގެއްލުންވާ ކަންކަން ކުރާނަމަ ފާޅުގައި ނިކުމެ އެކަމާ ދެކޮޅު ހެދުމުގެ ހިތްވަރުވެސް ޕީޕިއެމް ކައުންސިލަރުން ގައިގައި ހުންނާނެ. އެހެންވީމަ ޕީޕީއެމް ކައުންސިލަރުން ހޮވަންވީ، މާލޭ ސިޓީކައުންސިލްގެ މެޖޯރިޓީ މިފަހަރު ރައްޔިތުން ދެއްވަންވީ ޕީޕީއެމް ކައުންސިލަރުންނަށް." އަބުދުއްރަހީމް ވިދާޅުވިއެެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން