އެމްޑީޕީގެ ބައެއް އިސްބޭފުޅުން ލަވަޖަހައިގެން ނަށްޓަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން ގިނަ ރައްޔިތުން ނުރުހުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ރޭ ދަންވަރު ޓްވިޓަރގައި އާއްމު ކުރެއްވި ވީޑިއޯގައި ފެންނަނީ އެމްޑީޕީގެ ވަރަށް އިސް ބޭފުޅުންކޮޅެއް ލަވައަކަށް ނަށްޓަވަމުންދާ މަންޒަރެވެ. އެގޮތުން އެ ވީޑިއޯގައި އާޒިމްގެ އިތުރުން، އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި، ހޭންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަރަށް ފޯރިއާއެކު ނަށްޓަވަމުންދާ މަންޒަރު ފެނެއެވެ.
މިވީޑިއޯ ޓްވިޓަރގައި ހިއްސާކުރައްވަމުން އާޒިމް ވިދާޅުވެފައިވަނީ އެހެން މީހުންނަށްވުރެ މޮޅަށް ނަށްޓަވަން އޭނާ މަސައްކަތް ނުކުރައްވާކަމަށާއި، އޭނާ މަސައްކަތް ކުރަނީ އޭނާގެ އަމިއްލަ ނަފްސަށްވުރެ މޮޅަށް ނެއްޓެވުމަށް ކަމަށެވެ.
ޓްވިޓަރއަށް ވީޑިއޯ ދޫކޮށްލުމާއެކު ދެން ފެނިގެން ދިޔައީ ސޯޝަލް މީޑިއާގައި އެވީޑިއޯއަށް ރައްޔިތުންގެ ނުރުހުން އަމާޒުވެ، ވަރަށް ބޮޑަށް ފާޑުކިޔަން ފެށި މަންޒަރެވެ. އާޒިމްގެ ވީޑިއޯއަށް ފާޑުކީ ގިނަ ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެވީޑިއޯއިން ފެންނަ ފަރާތްތައް ތިބީ މަސްތުގެ ހާލަތުގައެވެ.
ވީޑިއޯއަށް ފާޑުކީ ބައެއް ފަރާތްތަކުން ބުނީ، ރައްޔިތުން ބިކަވެ، ހާލުގައި ތިބި ވަގުތެއްގައި އެމްޑީޕީގެ އިސްވެރިން ނާޗަރަންގީގައި އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ "ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތުމުން" ކުރި ކަމެއްކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
ކޯވިޑާއި ގުޅިގެން ރައްޔިތުން ހާލުގައި ތިއްބާ އެމްޑީޕީގެ އިސްބޭފުޅުން "ޕާޓީ" ކުރަށްވާ މަންޒަރު ފެނުމުން މީގެކުރިންވެސް ރައްޔިތުންގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. މިގޮތުން މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲއާއި ސީޕީ ހަމީދުގެ މިފަދަ ވީޑިއޯއަކަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފައެވެ.
ޕާޓީ ބޭއްވުމާއި ނެށުމަކީ ދިވެހި ރައްޔިތުންގެ ތެރޭގައި މިހާރު އާ ކަމެއް ނޫނެވެ. އަދި ސިޔާސީ ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ޕާޓީކޮށް ނެށުމާއި މަޖާ ކުރުމަކީ ދިވެހީންނަށް އާ ކަމަކަށް ނުވި ނަމަވެސް ބެެލެވޭ ގޮތުގައި އާޒިމް މީސްމީޑިއާއަށް ދޫކޮށްލެއްވި އެ ވީޑިއޯއަށް މީހުންގެ ފާޑުކިއުން އެހާ ބޮޑަށް އަމާޒުވީ ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މުޅި ގައުމުގެ ރައްޔިތުން ތިބިއިރު ޒިންމާދާރު ބަޔަކު އެފަދަ ކަމެއް ކުރަށްވައި އާންމުންގެ ތެރެއަށް ދޫކޮށްލެއްވުމުންނެވެ.

“I do not try to dance better than anyone else. I only try to to dance better than myself.”
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) April 1, 2021
Mikhail Baryshnikov@HusenAmr @ilyas_labeeb @anedhivehirajje @AndhunHussain pic.twitter.com/FGPbxTa8FE
ޓްވިޓަރއަށް ވީޑިއޯ ދޫކޮށްލުމާއެކު ދެން ފެނިގެން ދިޔައީ ސޯޝަލް މީޑިއާގައި އެވީޑިއޯއަށް ރައްޔިތުންގެ ނުރުހުން އަމާޒުވެ، ވަރަށް ބޮޑަށް ފާޑުކިޔަން ފެށި މަންޒަރެވެ. އާޒިމްގެ ވީޑިއޯއަށް ފާޑުކީ ގިނަ ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެވީޑިއޯއިން ފެންނަ ފަރާތްތައް ތިބީ މަސްތުގެ ހާލަތުގައެވެ.
How shameless are you people? Mi nun dhuvaheh ves annaane kan handhaaneh neih dho. Ethah raiyithunnehge haggu thakah araigen thibe naacharangee kulhen mi meehun miulheny.
— Hindh (@HindHindh) April 1, 2021
ވީޑިއޯއަށް ފާޑުކީ ބައެއް ފަރާތްތަކުން ބުނީ، ރައްޔިތުން ބިކަވެ، ހާލުގައި ތިބި ވަގުތެއްގައި އެމްޑީޕީގެ އިސްވެރިން ނާޗަރަންގީގައި އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ "ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތުމުން" ކުރި ކަމެއްކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
Rhahyithunn thibee varah dhathi haaluga. Vaudhu vi boahiyaa vahikan nulibi ethah aailaa eh magu mathi vejje. Ethah zuvaanunneh vazeefaa gehlijje. Ethah bayaku dhanee kuni kothalhu hovaigen kamun. Verinn Party kurumuga. Rhahyithunnaa haadha dhuru baekey thiee.
— Jal'Earl (@EarlJal) April 1, 2021
ކޯވިޑާއި ގުޅިގެން ރައްޔިތުން ހާލުގައި ތިއްބާ އެމްޑީޕީގެ އިސްބޭފުޅުން "ޕާޓީ" ކުރަށްވާ މަންޒަރު ފެނުމުން މީގެކުރިންވެސް ރައްޔިތުންގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. މިގޮތުން މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲއާއި ސީޕީ ހަމީދުގެ މިފަދަ ވީޑިއޯއަކަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފައެވެ.
ޕާޓީ ބޭއްވުމާއި ނެށުމަކީ ދިވެހި ރައްޔިތުންގެ ތެރޭގައި މިހާރު އާ ކަމެއް ނޫނެވެ. އަދި ސިޔާސީ ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ޕާޓީކޮށް ނެށުމާއި މަޖާ ކުރުމަކީ ދިވެހީންނަށް އާ ކަމަކަށް ނުވި ނަމަވެސް ބެެލެވޭ ގޮތުގައި އާޒިމް މީސްމީޑިއާއަށް ދޫކޮށްލެއްވި އެ ވީޑިއޯއަށް މީހުންގެ ފާޑުކިއުން އެހާ ބޮޑަށް އަމާޒުވީ ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މުޅި ގައުމުގެ ރައްޔިތުން ތިބިއިރު ޒިންމާދާރު ބަޔަކު އެފަދަ ކަމެއް ކުރަށްވައި އާންމުންގެ ތެރެއަށް ދޫކޮށްލެއްވުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު