ރޯދަމަހު ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރެންޓު ފަދަ ތަންތަނުން ޚިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އާއްމު ވިޔަފާރިތަކަށް ރޯދަމަހު ޚިދުމަތް ދެވޭނީ ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00އާއި ހަމައަށް ކަމަށެވެ. އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ރޯދަމަހު ޚިދުމަތް ދެވޭނީ ހަވީރު 5:30އިން ފެށިގެން މެންދަމު 3:00އާއި ހަމައަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެޕްރީލް އެކަކުން ފެށިގެން ރޯދަމަސް ފެށެންދެން ޢާންމު ވިޔަފާރިތަކަށް ފަތިހު 5:30 އިން ފެށިގެން މެންދަމުން 12:00އާއި ހަމައަށް ޚިދުމަތް ދެވޭނެކަމަށާއި، ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަން ރޯދަމަސް ފެށުމާހަމައަށް ފަތިހު 4:30 އިން ފެށިގެން މެންދަމު 1:00އާ ހަމައަށް ހިދުމަތް ދެވޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޢާންމުކޮށް ހުޅުވައިގެން ކަސްޓަމަރުންނަށް ޚިދުމަތްދޭ ތަންތަނުން އެޗްޕީއޭގެ ޤަވާޢީދުތަކަށް އަމަލު ކުރަންޖެހޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު