އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ނިންމައި އެކަން ފާހަގަ ކުރުމުގެ ގޮތުން އެމަޝްރޫޢު ހިންގި އެމްޓީސީސީން ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.

މިއަދު ސ. ފޭދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު

ނިހާދާއި، ޕްލޭނިންގް މިނިސްޓްރީގެ އިސްވެރިންނާއި، ސީއީއޯ އާދަމް އާޒިމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ

މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސ އަތޮޅުގެ ތިންރަށެއްގައި ހިންގި ނަރުދަމާގެ މަޝްރޫޢުގެ ދަށުން، 978،1 ގެއަށް ހޮޅި ގުޅައިދިނުމާއި، 522،33 ނަރުދަމާ ހޮޅި ވަޅުލުމާއި، 314 މޭންހޯލް ކޮނުމާއި، 595،8 ޕްރެޝަރ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.



މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢަކީ 581.129 މިލިއަން

ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން