ޒަހީނުއްދީން ސަޢީދު   3 އޭޕްރީލު 2021 - 12:4
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ރައީސް ސޯލިހް އާއި ބައްދަލުކުރައްވަނީ
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ރައީސް ސޯލިހް އާއި ބައްދަލުކުރައްވަނީ
ރާއްޖޭގެ ތަރައްގީގެ ބާނީ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރުމަށް އެރަށުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މުހަންމަދު ރާޢީ ވިދާޅުވީ، ތަރައްގީގެ ބާނީއަކީ ރާއްޖޭގެ ވަކި ސަރަހައްދެއް ތަފާތު ނުކޮށް ކުޑައެއް ބޮޑެއް ނުބަލައި ހުރިހާ ހިސާބަކަށް ތަރައްގީ ގެނެސްދޭ ވެރިން ކަމަށެވެ. އެފަދަ ވެރިއަކަށް ހުންނެވީ ރައީސް ސޯލިހް ކަމަށް ވިދާޅުވެ ރާއީ ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.



"25 ބުރީގެ އިމާރާތެއް އަޅާލާފާ ވަކި ދިމާލެއްގައި ބުރިޖް އަޅާލާފާ ވަކި ދިމާލެއްގައި ފާހަގަ ޖަހާލާފާ ތިމަންނަ މިހިރީ ތަރައްގީއޭ ބުނެފައި ތިމަންނަގެ ގެ 25 ބުރިއަށް ހިއްލާލީމަ އެއީ ތަރައްގީ ކިޔާނެ އެއްޗެއް ނޫން އެއީ ތަރައްގީގެ ބާނިން ނެއް ނޫން." ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި ތަރައްގީގެ ޕްރޮޖެކްޓް ތަކާއިި ގުޅިގެން އެމަނިކުފާނަކީ ތަރައްގީގެ ބާނީ ކަމަށް ޕީިޕީއެމުން ސިފަކުރަމުންދާތީ އެކަމަށް އިޝާރަތް ކުރައްވަމުން ރާއީ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ، އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބަށް ނުކުތީ ހެޓްރިކް ހެދުމަށް ކަމަށެވެ. ރާއްޖެ ތަރައްގީ ކުރަން ބޭނުންވާނަމަ ކައުންސިލް އިންތިޚާބުގައި ސިޓީތަކުގެ މޭޔަރު ކަމަށް އެމްޑީޕީން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނާއި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާފައިވާ އަނަސް އަބުދުއްސައްތާރާއި އެހެން ކައުންސިލަރުން އިންތިޚާބު ކޮށްދިނުމަށް ރާއީ ވަނީ ގޮވާލައްވާފައެވެ.



"އަޅުގަނޑަށް ޒައްރެއްގެ މިންވަރުވެސް ޝައްކެއް ނެތް، ކައުންސިލް އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވާގޮތަށް އަޅުގަނޑުމެން ހެޓްރިކް ހަދާނެ ފަހަރު މީ." ރާއީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން