އައްޑޫޫއަށް ސީޕްލޭން ދަތުރު ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގެ ތެރެއިން
އައްޑޫޫއަށް ސީޕްލޭން ދަތުރު ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގެ ތެރެއިން
އައްޑޫ އާއި އިރުމަތީ އެފްރިކާ އަލުން ގުޅާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އައްޑޫ ސިޓީގެ މަރަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ މުއްސަނދިކަން އޮތީ އިރުމަތީ އެފްރިކާގައި ކަމަށެވެ. އައްޑޫ އަކީ އިންޑިއާ ކަނޑުގެ މެދުކަން ފާހަގަކުރައްވައި އެކަމުގެ ބޭނުން އައްޑޫ ރައްޔިތުން ހިފަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންްޑިއާ ކަނޑުގެ ބޭނުން ހިފުމަށް އައްޑޫ މުޅި ދުނިޔެއަށް ހުޅުވާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިރުމަތީ އެފްރިކާއާ އައްޑޫ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުން އަދި އެއީ އައްޑޫގެ ތަރައްގީ ފުޅާކުރަން ކުރިއަށް ދާންވީ މިސްރާބު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ހަސަންކާރީ އޮޑީގެ ދަތުރު ނިންމާށޭއިރުމަތީ އެފްރިކާއަށް، ދަތުރު ފައްޓަވާށޭ މޮމްބާސާއަށް، ދަތުރު ފައްޓަވާށޭ އައްޑޫއާއި އީސްޓް އެފްރިކާއާއި ގުޅާލައްވާށޭ، އެއީ އޭ އައްޑޫގެ މުއްސަނދިކަން އޮތް ތަނަކީ." ރައީސް ނަޝީދުގެ އައްޑޫގެ ތަރައްގީގެ ޚިޔާލުފުޅު ހިއްސާ ކުރަށްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމެންޓެއް އައްޑޫގައި ފުޅާކޮށް އެ ޑިޕާޓްމެންޓަކީ ދުނިޔޭގެ އެކި ހިސާބުތަކުން ދަރިވަރުން އަންނަ ޑިޕާޓްމެންޓަކަށް ހެދުމަށް އަމާޒު ހިފުމަކީ ބޭރު ދުނިޔެ އާއި އައްޑޫ ގުޅުވާލުމަށް އެޅޭނެ ފިޔަވަޅެއްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅިގެން އަތޮޅުތަކަށް އަމާޒުކޮށް އެމްޑީޕީން މިހާރު ސިލްސިލާކޮށް ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕޭންގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. މި ބައްދަލުވުން ތަކުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މިބައްދަލުވުން ތަކުގައި އާންމުކޮށް ކެންޑިޑޭޓުންގެ ސުވާލުތައް އަމާޒު ކޮށްފައި ހުންނަނީ އެ ކެންޑިޑޭޓުން ނިސްބަތްވާ ރަށަށާއި އަތޮޅަށް ސަރުކާރުން ކޮށްދެއްވާފައިވާ ކަންތައްތަކާއި ކުރިއަށް ކުރަން ހުރި ކަންތައްތަކާއި ކުރިއަށް ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުންނެވެ. މީގެއިތުރުން ރަށްރަށަށް ކޮށްފައިވާ ޚަރަދު ތަކާއި ރަށްރަށުގެ ރައްޔިތުންނަށް ދައުލަތުން ހިންގާ އެކި މާލީ ޕްރޮގްރާމް ތަކުން ދީފައިވާ ފައިސާގެ އަދަދު ތަކާއި ކިޔަވާ ދަރިވަރުންނަށް ހިލޭ ދެވޭ ފުރުސަތު ތަކުން ޚަރަދުވެފައިވާ މިންވަރާއި ލޯނު ދީފައިވާ މިންވަރާއި ރައްޔިތުންނަށް އެކި ކަހަލަ އެލަވަންސްތައް ދީފައިވާ މިންވަރު ރައީސްގެ އަތްޕުޅުގައި އޮންނަ ކަރުދާސް ތަކުން ވިދާޅުވެ ދެއްވަމުން ގެންދަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން