ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
މާލޭ މޭޔަރުކަމަށް ޑރ. މުހައްމަދު މުޢިއްޒު އިންތިޚާބުކުރުމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު، ދަނގަޑޭ ތާއީދު ކުރަން ނިންމުމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި، އެކަމާ ފާޑުވިދާޅު ވެއްޖެއެވެ.

ދަގަނޑޭ މުއިއްޒަށް ތާއިދުކުރަން ނިންމިކަން އިއުލާންކޮށްފައިވަނީ ރޭ ސަސް ކެފޭގައި އޮތް ރަސްމިއްޔާތެއްގައެވެ. އަދި ޑރ. މުއިއްޒު ވަނީ މާލޭގެ މޭޔަރުކަމަށް އޭނާއަށް ތާއީދުކުރަން ދަގަނޑޭ ނިންމުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ދަގަނޑޭގެ މިނިންމުމާއި ގުޅިގެން ތަފާތު ގޮތްގޮތަށް މީހުން ވާހަކަ ދެއްކިނަމަވެސް، ގިނަ މީހުން ބުނަމުންދަނީ އަޝްފާޤުގެ ނިންމުމަށް އެންމެންވެސް އިޚްތިރާމް ކުރަންޖެހޭކަމަށެވެ. އަދި އެއީ ރަނގަޅު ނިންމުމެއްކަމަށްވެސް ގިނަ ބަޔަކު ބުންޏެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަން ހާމަކުރައްވާފައެވެ. އެގޮތުން އިކްރާމްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޤައުމީ ބަތޮލެއްގެ ގޮތުގައި ދިވެހިން ދެކެމުން އަންނަ އަލީ އަޝްފާޤު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ބައިވެރިކުރުމުން ސާބިތުކޮށްދެނީ އަމިއްލަ ފައިދާއަށް ކޮށްފައި، ނުކުރާނެކަމެއް ނޯންނާނެކަން ކަމަށެވެ. އަދި މުޢިއްޒުގެ އެ އަމަލު ކުށްވެރިކުރައްވާކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.



މުޢިއްޒުގެ އެއަމަލު ކުށްވެރިކުރައްވާ ކަމަށް އިކްރާމް ވިދާޅުވިއިރު، މިކަމުގައި މުޢިއްޒުކުރެއްވި މާބޮޑު ކަމެއް ނެތެވެ. އޭނާއަށް ތާއީދުކުރަން ނިންމީ ދަގަނޑޭއެވެ. ދަގަނޑޭއަށް ތާއީދުކުރަން މުއިއްޒު ނިންމައިގެން އުޅެނީއަކީ ނޫނެވެ.

މެމްބަރު އިކްރާމްގެ ފަރާތުން ކުރިންވެސް މިފަދަ "ހަމަނުޖެހޭ" ކަންކަން ފެނިފައިވާ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އެގޮތުން ކޯވިޑަކީ ނުރައްކާތެރިކަމެއް ނޫންކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމާއި، ކޯވިޑް ޓެސްޓެއް ހަދަން ގޮސް ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިއަކަށް ބިރުދެއްކުން ފަދަ އަމަލުތައް އިކްރާމްގެ ފަރާތުން ފެނިފައިވާކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

އަނެއްކޮޅުން ޕީޕީއެމްގެ ކެންޑިޑޭޓަށް އަޝްފާޤު ތާއީދުކުރަން ނިންމިއިރު، މީގެދުވަސްކޮޅެއް ކުރިން އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ އިތުރުން، ރައީސް ޞާލިހާއި ރައީސް ނަޝީދާ ގާތްގުޅުމެއް އޮންނަ ސޫޒަން އިބްރާހިމްފުޅު ވަނީ އަޝްފާޤަކީ ހަރުކަށި ފިކުރަށް ތާޢީދުކުރާ މީހެއްގެ ގޮތުގައި ސިފަވެސް ކޮށްފައެވެ. އެގޮތުން ޢަލީ އަޝްފާޤަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ހުރި މީހެއްކަމަށް ސޫޒަން ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ދުވަސްކޮޅަކަށް ޓްވިޓަރއިން "ސޫޒަންފުޅު" ގެއްލުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން