ޗުއްޓީއަށް ނުގޮސް އަންނަ މަހުގެ ނިޔަލަށް މަޖިލީހުގެ މި ހިނގާ ދައުރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިހިނގާ ދައުރު އަންނަ މެއި މަހުގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވަނީ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މިގޮތަށް ފެންނަކަމަށް 67 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަންނަ މަހު ޗުއްޓީ ނުލިބޭ ގޮތަށް ފުރަތަމަ ދައުރުގެ ޖަލްސާތައް ދިގު ދަންމާލުމަށް ނިންމެވީ މި ދަނޑިވަޅަކީ ރާއްޖޭގައި ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ދުވަސްވަރެއްކަމުގައި ވުމުން މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިއުމުން ދަތިތަކެއް ދިމާވެދާނެކަމަށް ބެލެވޭތީކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އެގޮތުން މި ދަނޑިވަޅުގައި ސަރުކާރުގެ މުއައްސަސާތައް ޒިންމާދާރުކުރުވައި އެފަރާތްތަކަށް ދޭންޖެހޭ ނަސޭހަތް ދިނުމުގައި މަޖިލިސް ދެމި އޮންނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލިހުގެ ޤަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން މި ހިނގާ އެޕްރީލް މަހުގެ ނިޔަލަށެވެ. އެއަށްފަހު މެމްބަރުން އަންނަ މަހު ޗުއްޓީއަށް ވަޑައިގަންނަވާ ގޮތަށް ގަވައިދު ތަންދޭ އިރު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށަން ގަވާއިދުގައި ވަނީ ޖޫން މަހުގެ ތެރޭގައެވެ. އެހެންވެ، ރިޔާސަތުން ހުށަހަޅާ ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ހުށަހެޅުއްވީ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ.
ކޯވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވެ މާލެ ސިޓީ ލޮކްޑައުންކޮށް ރައްޔިތުންގެ ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޙާލަތު ރަނގަޅު ނުވާނަމަ ޖަލްސާތައް ބާއްވާނީ މިގޮތަށް ކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ. 87 މެމްބަރުންނާއި އަމީން ޢާންމާއި ކައުންސިލަރ ޖެނެރަލާއި ސާޖަންޓް އެޓް އާމްސްގެ އިތުރުން އެ މަސައްކަތާއި ގުޅޭ އިދާރީ މުވައްޒަފުން ހިމެނޭހެން މި ކޮންފަރެންސްގައި 92 ބައިވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ކޯވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން މަޖިލީހުން ނިންމީ މިދިޔަ މާރޗް މަހުގެ 24 ވަނަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު