ރޭޕް ކުރުމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ކުރި މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އިއްޔެ މާލޭގެ މަގުތަކަށް އެއްވެ ކުރި މުޒާހަރާއާ ގުޅިގެން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންވެސް ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން، ޖޫރިމަނާ ކުރުމަށްފަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިއްޔެގެ މުޒާހަރާ ފެށީ މަޖީދީމަގާއި ސޯސަން މަގު ކަންމަތިންނެވެ. ރޭޕް ކުރުމާއި އަންހެން ކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތައް ގިނަވެފައިވާތީ ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ބައިވެރިވުމަށް ގިނަ ބަޔަކު މަަގުމައްޗަށް ނިކުމެ ވަނީ އަޑުއުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން