މި ސަރުކާރުގެ މިވީ ދެއަހަރާއި ބައިގެތެރޭގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް 3.5 ބިލިއަން ރުފިޔާގެ ޕޮރެޖެކްޓް ސަރުކާރުން ދީފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސ. މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ހެނދުނު މީދޫ ގިރާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ހަޔާތުގައި އެކުންފުންޏަށް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިހާރުގެ ސަރުކާރުންކަމަށެވެ. މި ސަރުކާރުން އެމްޓީސީސީއަށް ދިން ވަރުގެ އެހީތެރިކަމެއް އެހެން އެއްވެސް ސަރުކާރަކުން އެ ކުންފުންޏަށް ދީފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން އައްޑޫގައި އެކަނިވެސް 650 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުން ގެންދާ ކަމަށާއި، އެއީ ކުންފުނީގެ އާމްދަނީގެ ދެބައިކުޅަ އެއްބައި މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކުރިން އެމްޓީސީސީން ހިންގާފައިވަނީ އަހަރަކު އެވްރެޖްކޮށް 25 ޕްރޮޖެކްޓް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު އެ ކުންފުނީގެ 54 ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ. ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް 24 ގަނޑިއިރު ހިދްމަތްދީ ރައްޔިތުން އެދޭ ބާރު ސްޕީޑެއްގައި މަސައްކަތް ނިންމުމަކީ މިއަދު އެމްޓީސީސީގެ އަަމާޒުކަމަށް އާޒިމް ވިދާޅުވިއެވެ.
"ރައީސް ސޯލިހްގެ ޒައާމަތުގައި ގައުމުގެ ތަރައްގީ ބާރު ކުރުމަށްޓަކައި އެމްޓީސީސީއަށް ވަނީ ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައި، ރައީސްގެ ސްޕީޑްގައި ހިފަހައްޓާލުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ރައީސްގެ ސްޕީޑަކީ އަދި މިވަރެއް ނޫން، އެއަށްވުރެ ބާރަށް ރައީސް ބޭނުންފުޅުވޭ، އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަށްވުރެ ވެސް ބާރު ކުރެވޭތޯ މަސައްކަތް ކުރަން." އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން އިއްޔެ އާއި މިއަދު ވަނީ އައްޑޫގެ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްޤީކުރުމާއި، ހިތަދޫ ބަނދަރު ހެދުމުގެ އިތުރުން ހުޅުމީދޫ މިފްކޯ މަސްޕްލާންޓުގެ ބަނދަރުގެ މަސައްކަތާއި މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ހުޅުދޫ ބަނދަރުގައި ކީވޯލް ޖެހުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު