އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން އެއްރަށުން އަނެއް ރަށައް ދިއުމުގެ ހުއްދަ އެޗްޕީއޭއިން ދޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން އެއްރަށުން އަނެއް ރަށައް ދިއުމުގެ ހުއްދަ ދޭނެކަމަށް އެޗްޕީއޭއިން ބުނެފައިވާ ކަމަށެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށްވެސް އެރަށެއްގެ ޓާސްކް ފޯހާއި ގުޅިގެން ހަމައެކަނި ވޯޓުލުމަށް އެރަށަކަށް އެރުމުގެ ހުއްދަ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.



މީގެއިތުރުން އީސީން ވަނީ، ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލުކުރަންވީ ގޮތުގެ ގައިޑްލައިންވެސް އާންމުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އާންމުން ވޯޓުލާން ހަމަޖެހިފައިވާ ރަސްމީ ގަޑި ނިމުމުން ކަރަންޓީނުގައި ތިބި މީހުން ވޯޓުލާން ހާއްސަ އެއް ގަޑިއިރު ލިބޭނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކުން ވޯޓުލާ މަރުކަޒަށް ގެނައުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އެރަށެއްގެ ޓާސްކް ފޯހުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެގައިޑްލައިންގައި ބުނާގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކަށް ވޯޓު ލެވޭނީ އެހީތެރިއެއްގެ އެހީގައެވެ.

އިންތިޚާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅާ ގޮސް އަހަރެއްހާ ދުވަސް ފަހުން ޚާއްޞަ ގާނޫނެއް ހަދައިގެން ގާނޫނު އަސާސީއަށް އިސްލާހު ގެނަސްގެން ކުރިން އިންތިޚާބު ކޮށްފައި ތިބި ކައުސިލަރުންގެ މަގާމުގެ މުއްދަތު ދަންމާލައިގެން ސިއްހީ ކުއްލި ނުރައްކަލުގެ ޚާއްޞަ ހާލަތުގައި އިންތިޚާބު ބާއްވާނެ ޚާއްޞަ އުސޫލުތަކެއް ހަދައިގެން ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ އެޕްރީން މަހުގެ 10 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން