ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ.
މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާނުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނުކަން ކަމާގުޅުންހުރި އިދާރާތަކުން އިޢުލާންކުރުމުން މެނުވީ އިންތިޚާބު ބާއްވާނެ ތާރީޚެއް އިޢުލާން ނުކުރާނެކަމަށް ބުނެފައެވެ.
ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ގެ ނަމުގައި މަޖިލީހަށް ހުށައަޅާފައިވާ ވަގުތީ ބިލުގައި ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ ރާއްޖޭގައި މިހާރު އޮތް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން އެކަމާއި ގުޅޭ އިދާރާއަކުން އިޢުލާންކުރުމުންކަމަށާ، އިންތިޚާބު ބޭއްވޭނެކަން އިޢުލާންކުރަންވާނީ 12 މާރޗްގައި އިޢުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށްފަހު، އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައި ކަމަށް ބިލުގައި ވެއެވެ.
މީގެއިތުރުން އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެކަމަށްވެސް މަޖިލީހުން ފާސްކުރި ބިލުގައިވެއެވެ.
އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް ބިލުގައިބ ވަނީ ބަޔާންކޮށްފައެވެ. އަދި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށްވެސް ފާސްކުރި ބިލުގައިވެއެވެ. އަދި މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެ މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން އެމީހުން އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެމީހުން ކުރިއަށްގެންގޮސްގެންނުވާނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލު ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީޤްކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.
މީގެއިތުރުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ.
ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅު ހެއްދެވުމުން ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއް ގެނަސްގެން އެ ކަން ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު