އުނގޫފާރު މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ.
ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އުނގޫފާރު މޮނިޓަރިންގއަށް ލާފައިވަނީ މިދިޔަމަހުގެ 19 ވަނަ ދުވަހުއެވެ. އެރަށުން އޭރު ޕޮޒިޓިވްވެފައިވަނީ އެރަށުން މާލޭއަށް ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހެއްގެ އަންހެނުންނެވެ.
އުނގޫފާރު މޮނިޓަރިންގއިން ނަގާފައިވާއިރު އެ ރަށުން ކޯވިޑްގެ ކޭސްއެއް ނުފެންނަތާ 12 ދުވަސް ވަނީ ވެފައެވެ.
އުނގޫފާރަކީ ގިނަ ބަޔަކު ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރާ ރަށެއްކަމުން، އުނގޫފާރުން ފެނުނު ކޯވިޑް ކޭސްއާ ގުޅިގެން އެހެން ބައެއް ރަށްތައްވެސް މޮނިޓަރިން ޙާލަތަށް ގެނައެވެ. އަދި އުނގޫފާރުން އެކަނިވެސް 700 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައި އެންމެ 7 މީހުންނެވެ.
ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރަށް ބަލާއިރު، މާލެއަށްވުރެ އަތޮޅުތެރޭގައި ކޯވިޑް ފެތުރޭ މިންވަރު މިހާރު އިތުރެވެ.

ކިޔުންތެރިންގެ ހިޔާލު