ފީ ދައްކައިގެން ޕާކްކުރުމަށް ހަދާފައިވާ ޕާކިން ޒޯންތަކުން ހުސްވެފައިވާ ޖާގަތަކަށް އަލުން ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި 4 ފުރޮޅުލީ ވެހިކަލް ޕާކުކުރެވޭ ގޮތަށްހުރި ވެހިކަލް ޕާރކިންގ ޒޯނުތަކުން ޖާގަ ދޫކޮށްލާފައިވާ ފަރާތްތަކުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ޒޯންތަކުން ދޫކުރާ ޕާކިންގ ސްލޮޓެއްގެ އަގަކީ މަހަކު 3000 ރުފިޔާއެވެ. އަދި މި ޒޯނުތަކުން ޖާގަ ދޫކުރާނީ ކާރާއި 350 ކިލޯއަށްވުރެ މަތި ނޫން ޕިކަޕަށްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ސްލޮޓަށް އެދެން ޖެހެނީ ކައުންސިލުގެ ވެބްސައިޓްގައި އެކަމަށް ޚާއްސަކޮށް ޤާއިމުކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށްކަމަށް ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީ ކައުންސިލުން ހުޅުވާލާ ޕާކިންގ ސްލޮޓްތަކުން ޖާގަ ދޫކުރާނީ މާލޭ ސިޓީއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. އަދި މިފުރުޞަތުގެ ދަށުން ލިބޭ ޕާކިންގ ސްލޮޓްގައި ޕާކް ކުރެވޭނީ އެ ސްލޮޓަކަށް ހަމަޖެހުނު އުޅަނދެއް އެކަނި ކަމަށާއި ބަދަލުގައި އެހެން އުޅަނދެއް ޕާކް ނުކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މާލޭ ސިޓީ ކައުންސިލުން މިހާތަނަށް ވަނީ މާލޭ 3 ސަރަޙައްދަކުން 4 ފުރޮޅުލީ އުޅަނަދުތަކަށް ފީ ދައްކައިގެން ޕާކިންގ ޖާގަ ދޫކޮށްފައެވެ. އެއީ ދަންޑަހެލު ގޯއްޗާއި، އަލިމަސް ކާނިވާ ސަރަޙައްދާއި ސަލްމާން މިސްކިތް ސަރަޙައްދެވެ.

ކިޔުންތެރިންގެ ހިޔާލު