ފ. އަތޮޅުގައި ތަރައްގީކުރާ އެއާޕޯޓް އަޅާނީ މަގޫދޫގައި ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ފ. ފީއަލީގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ، ފ. އަތޮޅުގައި އަޅާ އެއާޕޯޓް މަގޫދޫ ފަޅުގައި އެޅުމަށް ސަރުކާރުން ނިއްމައިފައިވާ ކަމަށާއި،އަންނަ ޖުލައި މަހުގެ ތެރޭގައި އެއާޕޯޓް އެޅުމަށް މަގޫދޫގައި ބިން ހިއްކުމަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.
"ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ އެއާޕޯޓް މަގޫދޫ ފަޅުގައި ބިލެތްދޫއާއި ވީ ފަޅީގައި އެޅޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން، އިރާދަކުރެއްވިޔާ މަގޫދޫގައި އަޅާ އެއާޕޯޓް ވަރަށް އަވަސް ކޮށް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި މަގޫދޫ ހިއްކުމާއި އެއާޕޯޓް އަޅާ ފަސްގަނޑު ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ." ހަލީމް ވިދާޅުވިއެވެ.
ފ. އަތޮޅުގައި އަޅާ އެއާޕޯޓް މަގޫދޫގައި އެޅުމަށް ނިއްމައިފައިވާކަން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އިއުލާން ކުރައްވާފައިވާއިރު ސަރުކާރުން މިކަމާއި ބެހޭގޮތުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. ފ. އަތޮޅުގައި ތަރައްގީކުރާ އެއާޕޯޓް އެއަތޮޅު ވެރިކަން ކުރާ ރަށް، ނިލަންދޫގައި އެޅުމަށް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ވަނީ ނިއްމާފައެވެ.
އެއާޕޯޓް ނިލަންދޫގައި އެޅުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. ދާދިފަހުން ރަށްވެހި ފަތިސް ފ. އަތޮޅު ކެންޑިޑޭޓުންނާއެކު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ނިލަންދޫގައި އެއަރޕޯޓު ޤާއިމު ކުރުމުގެ ކަންކަން ކުރީގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ގޮތް ބައްލަވައި، އެކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމަވާނެ ކަމަށެވެ.
ފ. މަގޫދޫ އަކީ ކުރިން އެއަތޮޅު ވެރިކަން ކުރިރަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ބޮޑު ތާއިދެއް އޮންނަ މަގޫދޫގައި އޮތް އަތޮޅުވެރިކަން ފަހުން ރައީސް މައުމޫންގެ ސަރުކާރުގައި ވަނީ އެ އަތޮޅު ނިލަންދޫއަށް ބަދަލުކޮށްފައެވެ.
ފ. ނިލަންދޫގައި އެއާޕޯޓު އެޅުމާއި ބިން ހިއްކުމުގެ މަޝްރޫއަށް 2017 ވަނަ އަހަރުގެ ބަޖެޓްގައި 171،544،949 ރުފިޔާ ހިމެނިއެވެ. އެހެން ނަމަވެސް އެ މަސައްކަތް ރައީސް ޔާމިންގެ ސަރުކާރުގައި ފެށިފައެއް ނުވެއެވެ. އޭގެ ފަހުން ސަރުކާރުން ބުނެފައިވަނީ ނިލަންދޫގައި އަޅާ އެެއާޕޯޓަކީ ސައުދީ ސަރުކާރުން ފ. އަތޮޅަށް ގެންނަން އުޅުނު ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ނިލަންދޫ އެއާޕޯޓަކީ އެއް އިރަކު ވެސް ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން އުޅުނު އެއާޕޯޓެއް ނޫން ކަމަށް ރައީސް ޔާމިންގެ ސަރުކާރުން އޭރު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު