ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 103 މީހަކު ޕޮޒިޓިވްވެ 144 މީހުން ބަލިން ރަނގަޅުވިއިރު މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު 3000 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 24،651 އަށް އަރާފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 3،063 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 58 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 45 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 21 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 24 މީހަކު ހިމެނެއެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 94 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 3،570 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް 655،000 އަށްވުރެއް ގިނަ ސާމްޕަލް ނަގާފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 144 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 21،512 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.
މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް ޖުމްލަ 243،749 މީހަކު ރާއްޖޭގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މީގެތެރެއިން 2،622 މީހަކު މިއަދު ވެކްސިން ޖަހާފައިވެއެވެ.
މިކެމްޕޭނުގެ ދަށުން ޖުމްލަ 1،721 މީހަކު ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒު ޖަހައިފައިވާއިރު، މީގެތެރެއިން 1،149 މީހަކު މިއަދު ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު