އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށާއި، އެ މާރާމާރީ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 9:16 ގައި ކަމަށެވެ. އެމީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. މި ހަމަލާގައި ޒަހަމްވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބައެއް މީޑިޔާ ތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އެމީހާގެ ގައިގެ ފަސްތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާދިސާއަކީ ކިހިނެއް ހިނގާދިޔަ ކަމެއް ކަމެއް އަދި ނޭނގެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު