ރާއްޖޭގެ 70 ޕަސެންޓް ރައްޔިތުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ 70 ޕަސެންޓް ރައްޔިތުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަން ކަމަށާއި، އެ 70 ޕަސެންޓް މީހުން ބުނަމުންދަނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށެވެ. ރައްޔިތުން އެދި ގޮވަނީ ރަށުގެ ބާރު އެ ރައްޔިތުންނަށް ދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަށް ވާދަވެރިން ހެދިގޮތް އަދި އެ ފަރާތްތަކުން މި ނިޒާމާއި މެދު ދެކޭގޮތަކީ އެކަކަށް ވެސް އޮޅޭނެ ހަގީގަތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެ ފަރާތްތަކުން ކައުންސިލުތަކުގެ ގޮނޑި މޭޒު ގެންގޮސް އުކާލައި އެ ތަންތަން ބަންދުކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމް އުވާލީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑަކީ ތިމަންނާގެ ހިބައިން ދޭ އެއްޗެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅައި ނިންމަވާލެއްވީ. މުޅި ކަންތައް އެކުގައި ތިން ފިލައާއެކީގައި ކަފުންކުރީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ފުވައްމުލަކު ކައުންސިލުން މަޝްރޫއުތައް އެކުލަވާލައި، އެ މަޝްރޫއުތައް އެ ސިޓީގައި ހިންގާ އޭގެ ނަފާ ރައްޔިތުން ހޯދާނެ ކަމަށެވެ.
"ދަނޑުވެރިކަން އަދި ޓޫރިޒަމްގެ ވިޔަފާރިންވެސް "ހޯމްސްޓޭ" ވިޔަފާރި ފުވައްމުލަކުން ފެނިގެންދިޔައީ ޓޫރިޒަމްގެ މުޅިން އާ މާކެޓެއްގެ ގޮތުގައި ވިޔަފާރި އެއްގެ ގޮތުގައި ކާކުތޯ ފުވައްމުލަކަށް އައިސް ނޫޅޭނީ." ފުވައްމުލަކީ ގުދުރަތީ ގޮތުން ރީތި މުއްސަނދި ކަމެއް ލިބިފައިވާ ތަނެއްކަން ސިފަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށާއި، އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރަައީސް ނަޝީދު ވިދާޅުވިއެވެ.
ފުވައްމުލަކުގެ އިގްތިސޯދު ފުޅާކޮށް އުފެއްދުންތެރިކަން އިތުރުކުރެވޭނީ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ގުޅާލެވި މުޅި ދުނިޔެއަށް ހުޅުވާލެވި ފަހުރުވެރި ލާމަރުކަޒީ ހޯދައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އިންތިޚާބަށް ކުޑަ ދުވަސް ކޮޅަކަށްވެފައިވާއިރު އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަންނަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ. އެމްޑީޕީގެ 40 އިންސައްތަ ހިއްސާވާ ކަމަށް ބުނާ ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް މިހާރު ހުސްކޮށްލާފައިވަނީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭންގެ މަސައްކަތަށެވެ.

ކިޔުންތެރިންގެ ހިޔާލު