އދ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ.
އިއްޔެ އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކައިގައި، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެނައުމަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއްކަން ފާހަގަކުރައްވައި، އެ ބަދަލީ ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ، އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލު ހޯދުމަށްކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުންކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ދާދިފަހުން އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތް އޮންނަންވީ ގޮތުގެ އަދި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކުގެ އަސާސީ ކަންތައްތައް ބަޔާންކޮށްފައިވާކަމަށާއި އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ދިވެހި ފުލުހުންގެ ހިދުމަތް އިދާރީ ގޮތުން ލާމަރުކަޒީކޮށް، ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ބިނާކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުހިންމު ކަނޑައެޅުންކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް ދަމަހައްޓައިދިނުމަށް ވަރަށް ގިނަ ރައްޔިތުން ފުލުހުންގެ ކިބައިން އެދިފައިވާކަން ފާގަކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އަވައްޓެރި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން އެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ގުޅިގެން، ދެމެހެއްޓެނިވިގޮތެއްގައި އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ތައާރަފު ކުރެވިގެންދާނެކަމަށެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތް ދިނުމުގެ އޮނިގަނޑުގެ ތެރޭގައި ވަރަށް މުހިންމު ހަތަރުކަމެއް ހިމެނިފައިވާކަމަށާ އެއީ އަމާންކަން ގާއިމުކުރުމާއި އެކުގައި ގުޅިގެން ހިދުމަތް ދިނުމާއި އިތުރުބާރު ގާއިމުކުރުމާއި އިހުތިރާމާއެކު އަމަލުކުރުން އަދި މުއާމަލާތު ކުރުންކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ. މިއަަސާސްތަކާއެކު އަވައްޓެރި ފުލުހުންގެ ހިދުމަތުގެ އެންމެ މުހިންމު އަމާޒަކަށްވާނީ ކޮންމެ މުޖުމަތައެއްގައިވެސް ހުރި މައްސަލަތައް ފުރިހަމައަށް ދެނެގަނެވި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން ދިިއުންކަމުގައިވެސް ވިދާޅުވިއެވެ.
އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން އދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ކޮމިޝަނަރ އޮފް ޕޮލިސް ހަވާލުކުރެއްވިއެވެ.
އަވަށްޓެރި ފުލުހުންގެ ހިދުމަތް އދ. އަތޮޅުގައި ފެށިގެން ދިއުމާއެކު އެ އަތޮޅު ވެގެންގޮސްފައިވަނީ އަލަށް އަމަލުކުރަންފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެންދިޔަ ފުރަތަމަ އަތޮޅަށެވެ.
އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު