ވޯޓު ލާން ދިޔުމުން އެއްވެސް އައިޑީކާޑެއްގެ މުއްދަތު ހަމަވެފައިވާކަމަށް ނުބުނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެެއްޖެެެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިއުލާން ކޮށްފައިވާ ކަމަށާއި، ވޯޓުލުމުގައި އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފައިވާކަމަށް ނުބުނާނެ ކަމަށެވެ.



ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ކޯވިޑްގެ ރޯގާބަލިމަޑުކަމާއި ގުޅިގެން، މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކުގެ މުއްދަތު ޖޫން މަހުގެ 30 އަށް އިތުރު ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 273،128 މީހުންނަށް ލިބިގެންވެއެވެ.

މީގެ ތެރެއިން 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3934 ކެންޑިޑޭޓުން ވާދަކުރެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން