ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ވެންޓިލޭޓަރު މައްސަލައިގައި ފައިސާ ހޯދި ނަމަވެސް ޤާނޫނާ ހިލާފަށް ކަންކަން ނުކުރާކަމަކަށް ނުވާނެ ކަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ދުބާއީގެ އެކްޒެކިއުޓާޒް ކުންފުންޏަށް ދައްކާފައިވާ ފައިސާ ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ދާން ނިންމާފައިވާކަން ހާމަކުރުމުން އެކަމަށް އިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި އުޝާމް ވިދާޅުވީ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ފައިސާ ހޯދުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށެވެ.

ވެންޓިލޭޓަރު ފައިސާ ލިބުނުނަމަވެސް، ވެންޓިލޭޓަރުތައް ހޯދުމުގައި ރާވައިގެން ގާނޫނާ ހިލާފް ކަންތައްތަކެއް ނުކުރާ ކަމަކަށް ނުވާނެކަމަށް އުޝާމް ވިދާޅުވިއެވެ. އެކަންތައް ބަލައި އެބަޔަކަށް ފިޔަވަޅުވެސް އަޅަންޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. ސަރުކާރުން މިހާރު ވަނީ އެއްބަސްވުން ބާތިލްކޮށް ވެންޓިލޭޓަރު ގަތުމަށް ދައުލަތުން ޚަރަދުކުރި ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ދިޔުމަށް ނިއްމާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށެވެ. މަބްރޫކް ވިދާޅުވީ، އެ މައްސަލައިގެ އާބިޓްރޭޓާއަކަށް ވާނީ އިންޓަނޭޝަނަލް އާބިޓްރޭޓާއެއްކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ ފައިސާ އަނބުރާ ހޯދުން ކަމަށާއި އަދި މައްސަލައިގައި ޖިނާއީ ކަމެއް އުޅޭތޯ ބަލަން ތަހުގީގު ވެސް ކުރިއަށްދާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ހޯދަން އުޅުނު ވެންޓިލޭޓަރުތައް ގަތުމުގައި އޮޅުވާލުމާއި ބޮޑެތި ޚިޔާނާތް ހިންގާފައިވާކަން މިހާތަނަށް އޭސީސީން ކޮށްފައިވާ ތަހުގީގުން ހާމަވާ ކަމަށް އެފަރާތުން ބުނި ނަމަވެސް ޕީޖީ ވަނީ ދައުވާ ކުރަން ފޮނުވި މައްސަލައިގައި އުންސުރު ހަމަނުވާތީ ދަޢުވާ ނުކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން