ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ހެދިބޮޑުވުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާއާއި، ޚިދުމަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހެދިބޮޑުވުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާއާއި ޚިދުމަތްތައް ދިނުމަށް އައްޑޫ ސިޓީގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަަމުންނެވެ.



މިއަދު ހެނދުނު ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހެދިބޮޑުވުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާއާއި، ޚިދުމަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެގޮތުން، ހުޅުމާލޭ ހޮސްޕިޓަލުގައި އެ ޚިދުމަތްތައް ފެށުމަށްފަހު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެ ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މި ޚިދުމަތްތައް ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ކުރިޔަށްގެންދިއުމުގެ މުހިންމުކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން އައްޑޫސިޓީގައި ޤާއިމުކުރާ މި ސެންޓަރާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ ފަރާތުން ވަނީ މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.



ރައީސް އޮފީހުން ބުނީ ދެކުނު ސަރަޙައްދުގެ އަތޮޅުތަކަށް އަމާޒުކޮށް ޤާއިމުކުރާ މި ސެންޓަރުގައި ޚިދުމަތް ދިނުމުގައި ކްލިނިކަލް ސައިކޮލޮޖިސްޓަކާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއްވެސް ހިމެނޭގޮތަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ.



އަދި، އައްޑޫ ދަމަނަވެށި އިމާރާތުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން