ޒަހީނުއްދީން ސަޢީދު   4 އޭޕްރީލު 2021 - 22:31
ރައީސް އޮފީސް
ރައީސް އޮފީސް
މި މަހުގެ 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިމަހުގެ 11 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާާބާ ގުޅިގެން ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮންނާނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހު އެވެ. އެހެންކަމުން އޭޕްރީލް 11 ވާ އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މީގެ އިތުރުން ކަލަންޑަރުގައިވާ ގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، މި މަހުގެ 13 ވާ އަންގާރަ ދުވަހަށް ވެއްޖެނަމަ، އެޕްރީލް މަހުގެ 12 ވާ ހޯމަ ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން