މަޖިލީހުގެ ރައީސް، ރައީސް، މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް، މުހައްމަދު ނަޝީދު
އެމްޑީޕީ ނޫން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީނާއި ރައީސް ނަޝީދުގެ ތާއީދު ވެސް އެބައޮތް ކަމަށް އައްޑޫގެ މޭޔަރު ކަމަށް ޕީޕީއެމުން ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާއީދެއް ނެތް ކަމަށާއި އައްޑޫގެ ހުރިހާ ވޯޓެއް އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓު އަލީ ނިޒާރަށް ދެއްވައި ވޯޓު ފޮށިތައް ފުރާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ލަތީފަށް ރައީސް ނަޝީދުގެ ތާއީދު އޮތް ކަމަށް ވިދާޅުވީ އޭނާ އައްޑޫ އަށްޓަކައި އާއްމު ކުރެއްވި ސިޔާސަތުތަކުގައި ހިމެނޭ ކަންކަން ދާދިފަހުން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވުމުންނެވެ. އެގޮތުން އައްޑޫއާއި އެފްރިކާ ގުޅާލާ ވާހަކަ ލަތީފް ވަނީ ފާހަގަކުރައްވާފައެވެ. މަރަދޫގައި ބޭއްވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އައްޑޫ މުޅި ދުނިޔެއަށް ހުޅުވާލަންޖެހޭ ކަމަށް ވިދާޅުވެ އައްޑޫ އާއި އިރުމަތީ އެފްރިކާއާ އަލުން ގުޅާލުމަށް ގޮވާލައްވާފައެެވެ.

"އިރުމަތީ އެފްރިކާއަށް ދަތުރު ފައްޓަވާށޭ، މޮމްބާސާ އަށް އަނެއްކާވެސް ވަޑައިގަންނަވާށޭ، އައްޑޫ އާއި އިރުމަތީ އެފްރިކާއާ ގުޅާލައްވާށޭ. އެއީއޭ އައްޑޫގެ މުއްސަނދިކަން އޮތް ތަނަކީ." ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން