އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   4 އޭޕްރީލު 2021 - 23:9
ސަރުކާރުގެ ގިނަ އޮފީސް ތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގ
ސަރުކާރުގެ ގިނަ އޮފީސް ތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގ
މިއަދު ސަރުކާރު ހުޅުވާފަ ބެހެއްޓުމަކޭ، ސަރުކާރު ބަންދުކޮށްފައި ހުރުމެކޭ އެއްވެސް ތަފާތެއް ނެތްކަމުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބާއި ގުޅިގެން މި މަހުގެ 11 އަދި 12، މި ދެ ދުވަސް ބަންދު ދެދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ރައީސް އޮފީހުން ހާމަ ކުރެއްވުމުން މަލީހު ވިދާޅުވީ ސަރުކާރު ހުޅުވާފައި އޮތަސް ބަންދުކޮށްފައި އޮތަސް ރައްޔިތުންނަށް ވާފައިދާއެއް ނެތްކަމަށާ މިސަރުކާރުގެ އިސްވެރިން އުޅެނީ ރައްޔިތުންނަށް ފިލައިގެން ކަމަށެވެ. މަޤާމުން ވަކި ކުރިފަހުން ސަރުކާރަށް އަބަދުވެސް ފާޑުވިދާޅުވާ މަލީހު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތެއް ނުދެވި، ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށެވެ.

އިތުރަށް މަލީހު ވިދާޅުވީ މިހާރު ފެނިގެންދަނީ މުޅި ސަރުކާރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒާއި ބާރުވެރިކަން އިންތިހާއަށް ފޯރުވައި، މުޅި އޮޑީގައި ނަޝީދުގެ ނުފޫޒު އޮތްތަން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ތިބީ ރުޅި ގަދަވެފައި ކަމަށް މަލީހު ވިދާޅުވިއެވެ.

"ސަރުކާރު ހުޅުވާފަ ހުރުމެކޭ ލައްޕާާފަ ހުރުމެކޭ ތަފާތެއްނެތް. ރައްޔިތުންނަށް ހަމަ އެއްތާކު. ރައީސް ފިއްލަވައިގެން. ނައިބު ރައީސް ނުފެނޭ. ސަރުކާރު ހުއްޓިފައި. މުޅި ދައުލަތަކީ ތިމަން ކަމަށް ދެކިގެން އެލެކްސްގެ ދެފައި މުޅި އޮޑީގައި. އެމްޑީޕީ އާންމު މެމްބަރުން ރުޅިއައިސްފި. ފެއިލް." މަލީހު ވިދާޅުވިއެވެ.

ސަރުކާރުގެ ސްޕީޑް ލަސްވެ ބައެއް ވުޒާރާތަކުން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވޭ ވާހަކައަކީ އެމްޑީޕީގެ ބައެއް މެންބަރުންވެސް ދައްކަމުން ގެންދާ ވާހަކައެވެ. އެގޮތުން ސަރުކާރުގެ ވުޒާރާއަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާވެސް އެފަދަ މޭރުމަކުން ވަރަށް ފަހުން ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން