ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް ރޯގާ ބަލިމަޑުކަމާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް މިއަދު އިތުރުކޮށްފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އެންމެ ފަހުން މިދިޔަ މަހު އިތުރު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ނިޔަލަށް ހަމަވާނެއެެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ނުރައްކާ ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަން ގަރާރުގައި ފާހަގަކޮށް، އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް ލަފާ ދެއްވާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.



ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް ރޯގާ ބަލިމަޑުކަމާއި ގުޅިގެން މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން