ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އައިސޮލޭޝަނުގައި ތިބޭ މީހުންނަށް އެހީތެރިއަކާނުލާ ވޯޓުލެވޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބުގައި ވޯޓު ކާރުދާސްކޮޅުގައި ފާހަގަ ޖެހުމަށް އެހީތެރިކަން ހޯދޭނެ ހަތަރު ހާލަތެއް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ނުވަތަ ކަރަންޓީނުގައި ވާ މީހުން ވެސް އެހާލަތްތަކުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕޮޒިޓިވްވެފައިވާ ފަރާތްތައް އެހީތެރިއެއްގެ އެހީގައި ވޯޓުލެވޭ ގޮތަށް ހެދުމަކީ ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވާތީ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.



ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނުވަތަ ކަރަންޓީނުގައި ތިބި މީހުން ވޯޓުލާނީ ވޯޓުލުމުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ކަމަށެވެ. އެމީހުން ވޯޓުލުމަށް ގެންދަން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ނިއްމައިފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން