ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް
ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް
ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު އަށް ހަފުތާ ފަހުން ޖެހުމުން ވެކްސިނުން ލިބޭ ރައްކާތެރިކަން ވަރަށް ބޮޑަށް އިތުރުވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އެންމެ ރަނގަޅީ 8 ހަފުތާ ފަހުން ކަަމަށެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން އަށް ހަފްތާވުމުގެ ކުރިން ވެކްސިން ޖަހަން ބޭނުންވެގެން އެދެމުންދާ ކަމަށާއި، ނަތީޖާތަކަށް ބަލާއިރު، ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމަށްވުރެ އަށް ހަފްތާ ކޮށްފަ ދެވަނަ ޑޯޒް ޖަހަން ފެށުމުން ވެކްސިނުން ލިބޭ ރައްކާތެރިކަން އިތުރުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 4 ހަފުތާ ފަހުން ވެކްސިން ޖަހަމުންގެންދާނީ ބޭސް ފަރުވާއަަކަށް ކޮންމެހެން ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނާއި ރާއްޖޭން ބޭރުގައި ކިޔަވަންތިބޭ ކުދިން އަބުރާ ދިޔުމަށްޓަކައި ވެކްސިން ޖަހަންޖެހޭ ފަހަރުތަކުގައި ދެވަނަ ޑޯޒް އޭގެ ކުރިން ޖަހާދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް އާއްމު ހާލަތްތަކުގައި ދެވަނަ ޑޯޒް ޖަހަމުންދާނީ އަށް ހަފްތާ ފަހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަށް ހަފްތާގެ ކުރިން އަޅުގަނޑުމެން ދެވަނަ ޑޯޒެއް ޖަހާނީ ވަރަށް ހާއްސަ ހާލަތެއް ދިމާވެގެން އެކަން ވެރިފައި ކުރުމަށްފަހު އެކަނި." ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހުމަށް އައުމަށް ޑރ. ނަޒްލާ އެދިވަޑައިގެންނެވިއެވެ. އޭގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ދެވަނަ ޑޯޒް ޖެހުމަށް އޮންނަ މުއްދަތަކީ އަށް ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތެއް ކަމަށް ވީނަމަވެސް އަށް ހަފްތާ ވުމުން ވީހާވެސް އަވަަހަށް ދެވަނަ ޑޯޒް ލިބިގަތުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

" ގިނަ ދުވަސްވާ ވަރަކަށް ހަށިގަނޑުގެ އެންޓިބޮޑީ ރެސްޕޮންސް ދަށްވެގެންދާނީ، ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވާނެ ދެ ޑޯޒް ދޭތެރޭ މާ ދިގު ދެމިގެންދަންޏާ." ނަޒްލާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން