އައްޑޫ ސިޓީ
އައްޑޫ ސިޓީ
ރަށްރަށުގެ ކައުންސިލްތަކަށް ގުޅިގެން ވިޔަފާރިކުރެވޭ ގޮތަށް ކައުންސިލްތަކުން އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ މިޤަވާއިދަކީ ކައުންސިލްތަކުން ވިޔަފާރި ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދެކެވެ. މިިޤަވާއިދުގެ ދަށުން ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށާއި، ކައުންސިލްގެ ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށްޓަކައި، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 'ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދުގެ ދަށުން، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

މިޤަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަންޖެހެނީ، 20 އިންސައްތަ އަށްވުރެ އިތުރުނުވާނެ މިންވަރަށެވެ. އަދި އަމިއްލަ ފަރާތްތަކާއިއެކު ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު، އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަންނަންޖެެހެއެވެ. އަދި ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށްވެސް ރިޢާޔަތްކުރަންޖެހެއެވެ.



މިގަވާއިދުގެ ދަށުން މިހާރު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށް ބޭނުންވާނަމަ، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭނެއެވެ.

ސަރުކާރުން އަންނަނީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިން މިނިސްޓްރީތަކުން ހުއްދަ ހޯދައިގެން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަމިއްލައަށް ކުރުމުގެ ބާރު ވަނީ ކައުންސިލްތަކަށް ދީފައެވެ. އެގޮތުން މިހާރު ގާނޫނޫ ފަރުމާ ކޮށްފައިވަނީ ކައުންސިލް ތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުތަކާއި ރަށްރަށުން ލިބޭ އާމްދަނީ ވެސް ކައުންސިލަށް ލިބޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން