އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   5 އޭޕްރީލު 2021 - 15:15
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކާއި ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދަށް ރިއާޔަތްކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރަށްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެކަމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ޢާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ކުރަށްވާ ދަތުރުތަކުގެ މައުލޫމާތާއެކު، އެކަން ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަން ވާނެކަމަށާ އަދި މެންބަރުން ކުރަށްވާ ދަތުރުތައް ކުރަށްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މީގެއިތުރުން އެ ހުއްދަ ލިބިގެން ދަތުރުކުރަށްވައިފިނަމަ އެއީ ރަސްމީ ދަތުރެއްކަމަށް މަޖިލީހުން ކަނޑައަޅާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާއަށް ވަޑައިގަތް ނަމަވެސް، މަޖިލީހުން އެދިއްޖެ ނަމަ އޮންލައިންކޮށް މަޖިލީހުގެ ބައްދަލުވުން ނުވަތަ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަން ވާނެކަމަށެވެ.

މަޖީލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން