އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   5 އޭޕްރީލު 2021 - 16:10
ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަފުތާ ބަންދުގައި ކުރާ ދަތުރުތަކުގެ ޚަރަދުވެސް ދައުލަތުން ދައްކާ ގޮތަށް ހެދުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއްކަމަށް ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަމްސީލުކުރަށްވާ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިފައިވާ ނިންމުމަށް ފާޑުވިދާޅުވަމުންނެވެ.



މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައިވާ މަލީހު ވިދާޅުވީ މެމްބަރުންނަށް ދައުލަތުން ބޮޑު އިނާޔަތްތަކާއި، މުސާރަތަކެއް ކަނޑައަޅާފައިވާއިރު، އަމިއްލަ ދާއިރާއަށް ކުރާ ދަތުރު ރަސްމީކޮށް އެޚަރަދުވެސް ދައުލަތުން ކުރަންޖެހުމީ ނުހަނު ކަންބޮޑުވާކަމެއްކަމަށާ މިހާރުވެސް ބަޖެޓުގެ ދަރަނި 100 ބިލިޔަނާއި ކައިރިވެފައިވާއިރު މިކަމަށް ވިސްނައި ކަންކަން ނިންމާ ތަނެއް ނުފެންނަ ކަމަށެވެ.

"މަޖިލިސް މެމްބަރުންގެ ބޮޑު މުސާރަ ކަނޑައަޅާފައިވަނީ ތިޚަރަދުތައް ހިމެނޭގޮތަށް. ހެދުނު ހޭލާފަ ރަށަށް ދާ ޓިކެޓް ދައުލަތުން، ބިރަކާއި ނުލައި މަޖާކުރާ ބިލް ރަސްމީ، ވީކެންޑް ދަތުރު ރަސްމީ، އަބަދު ޗުއްޓީގައި. ދަރަނި 100 ބިލިޔަނާއި ކައިރި ކުރަނީ." މަގާމުން ދުރުކުރި ފަހުން އެމްޑީޕީއަށާއި މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މަލީހު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކާއި ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި، މަޖިލީހުގެ ޤަވާއިދަށް ރިއާޔަތްކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެކަމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މަޖީލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން