ފާދިއްޕޮޅުގައި ކޯވިޑް-19ގެ ބަލިމަޑުކަން ރައްޔިތުން ހާސްވާންޖެހޭ ހާލަތަކަށް ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޅ. އަތޮޅުގައި ކޯވީޑް-19 ވަރަށް ބޮޑަށް ފެތުރި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ފެލިވަރު މޮނިޓަރިންއަށް ލާފައިވާތީ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަޙްމްަދު ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް އިޟާރާތް ކުރައްވަމުންނެވެ.

މި މައްސަލައަށް އިޝާރާތްކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ، ކޯވިޑް ޖެހިގެން އެ އަތޮޅުގެ އެއްވެސް ހޮސްޕިޓަލެއްގައި، އަދި ސިއްހީ މަރުކަޒެއްގައި މީހަކު އެޑްމިޓްކޮށްފައި ނުވާކަމަށާ ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި ނައިފަރުގެ ދެމީހުންނާއި ފެލިވަރު ދެމީހުން އެޑްމިޓްކޮށްފައި ވީނަމަވެސް، އެ އަތޮޅުގައި ކޯވިޑްގެ ޙާލަތު ރައްޔިތުން ހާސްވާ މިންވަރާ ގާތަށްވެސް ނުދާކަމަށެވެ.

"ބ. އަތޮޅު ކޮވިޑް ފެސިލިޓިގައި މިވަގުތު ތިބީ ނައިފަރު 2 މީހުންނާއި، ފެލިވަރު 2 މީހުން. މުޅި ޖުމްލަ 4 މީހުން. ބ. އަތޮޅު ކޮވިޑް ފެސިލިޓިގެ ކެޕޭސިޓީއަކީ 20 މީހުންގެ ޖާގަ. އެތަނުގައި މިވަގުތު ތިބީ 4 މީހުން. ނައިފަރު ހޮސްޕިޓަލްގައެއް ނެތް، ހިންނަވަރު ހެލްތު ސެންޓަރުގައެއް ނެތް، އޮޅުވެލިފުށި ހެލްތު ސެންޓަރުގައެއް ނެތް، ކުރެންދޫ ހެލްތު ސެންޓަރުގައެއް ނެތް. އެހެންނަމަވެސް އޮޅުވެލިފުށީގަވެސް ކުރެންދޫގަވެސް ހިންނަވަރުގަވެސް ނައިފަރުގަވެސް މިއިން ކޮންމެ ރަށެއްގައިވެސް ހޮސްޕިޓަލް އެނދު އެބަހުރި. އަޅުގަނޑަށް ފެންނަ ފެނުމުގައި ހާސްކަމުގެ ތެރެއަށް ކުޑަކޮށްވެސް ދެވޭފަދަ، މިކަމެއް ނުދޭ. އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑު ފާހަގަކުރަންޖެހޭނެ ކަމެއް." އަބަދުވެސް ކޮވިޑްގެ ބަލިމަޑުކަން އެހާ ބޮޑު ބިރެއްގެ ގޮތުގައި ނުނަންގަވާ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލާގައި ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ އިސްދައުރެއް އަދާކުރާ ޅ. ފެލިވަރުން ކޯވިޑް-19ގެ ކޭސްތަކެއްފެނި، މުވައްޒަފުންގެ ތެރެއިން ގިނަބަޔަކު ހުންއައިސް ބަލިވަމުން ދިޔަކަން ފެލިވަރުގެ މެނޭޖުމަންޓަށް އެނގުނު ނަމަވެސް އެކަން މުވައްޒަފުންނަށް ހާމަނުކޮށް އެކަމާގުޅޭ މައުލޫމާތު މެނޭޖުމެންޓުގެ ފަރާތުން ސިއްރުކޮށްފައި ވާކަމަށެވެ. އަދި އެކަން ސިއްރުކޮށްގެން އުޅެނިކޮށް އަތޮޅުގެ އެހެން ރަށްރަށަށް ކޮވިޑް ފެތުރުނުކަމަށްވެސް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ދޭ ޚާއްސަ ހުއްދައިގެ ދަށުން މާލެއިން އެކި ޓީމްތައް ފެލިވަރަށް ދަތުރުކޮށް އޭގެފަހުން އަތޮޅުގެ އެކި ރަށްރަށަށްވެސް ދަތުރުކުރުމުގެ ސަބަބުން މުޅި އަތޮޅަށް ކޯވިޑް ފެތުރުމުގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށެވެ. އަދި ފެލިވަރުގެ އިތުރުން ނައިފަރާއި ހިންނަވަރާއި ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ޙާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހާސްކަމަކާއި ބިރުވެރިކަމެއް ކުރިމަތިވެފައިވާކަންވެސް ޝިޔާމްގެ މައްސަލައިގައި ފާހަގަކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން