ވިޔަފާރިކުރަން ހުއްދަދީގެން ކައުންސިލްތައް ބަދަލުވާނީ ކޮރަޕްޝަންގެ ހާއްޔަކަށް ކަމަށް ސައިރިކްސް ކޮލެޖްގެ ވެރިޔާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކަށް ވިޔަފާޜި ކުރަން ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވީ މިހާރުވެސް ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަންނާތީ ޕްރައިވެޓް ސެކްޓަރ ބަލިކަށިވެ، ސަރުކާރުގެ ވަޒީފާތަކަށް ޒުވާނުން ބަރޯސާވާންޖެހޭ ކަމަށެވެ. ޝަރީފް ވިދާޅުވީ ވިޔަފާރިތަކަށް ވަނުމަށްވުރެ ސިޓީތަކާ ރަށުކައުންސިލްތަކުން ޖެހޭނީ ރެގިއުލޭޝަން ބޮޑީއެއްގެ ދައުރު އަދާކުރަމުން ޕްރައިވެޓް ސެކްޓަރ ކުރިއަރުވަން މަސައްކަތް ކުރަން ކަމަށެވެ.

"ސިޓީތަކާ ރަށުކައުންސިލްތަކުން މާލޭގެ ސަރުކާރު ހިންގުމުގެ މޮޑެލް ބޭނުންކޮށްފިއްޔާ ރަށްރަށުގައި ދެކޮޅު ނެޖެހި ހިނގަމުންއައި ކުދިވިޔަފާރިތައް ނެތިގެން ހިނަގއިދާނެ. މިހާރުވެސް ރަށްރަށުގެ ކައުންސިލް މެމްބަރުން ރެގިއުލޭޓް ކުރަމުން އެމީހުންގެ އަމިއްލަ ގެސްޓްހައުސް ހިންގާ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރުވެސް ސަރުކާރުން ނުވަންނަ ވިޔަފާރިއަކީ ހަމައެކަނި ޓެކްސްޓައިލް ވިޔަފާރި ކަމަށެވެ. އަދި އެނޫން ހުރިހާ ވިޔަފާރި އަކަށް ސަރުކާރު ވަދެ އެކްސްކުލޫސިވިޓީ ދެވިފައިވާއިރު ކައުންސިލް ތަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީގެން ކައުންސިލްތައް ބަދަލު ވެގެންދާނީ ކޮރަޕްޝަންގެ ހާއްޔަކަށް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ވިޔަފާރިކުރުމަށް ހުއްދަ ދިނުމާބެހޭ ގަވާޢިދު މިހާރު އާންމުކޮށް އެހުއްދަ ކައުންސިލް ތަކަށް ދީފައިވާއިރު އެޤަވާއިދުގެ ދަށުން ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށާއި، ކައުންސިލްގެ ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށްޓަކައި، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 'ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން