މި ސަރުކާރުން ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ސައީދު މިގޮތަށް ގޮވައިލެއްވީ ވ. އަތޮޅު ތައުލީމީ މަރުކަޒާއި، އެއަތޮޅު މަދަރުސާގެ މަލްޓި ޕާޕަސްހޯލް ތަރައްޤީކުރުމަށް ގޮވާލާ ފެލިދޫ ދާއިރާގެ މެންބަރު ހުށައެޅުއްވި ޤަރާރަށް ވާހަކަފުޅު ދައްކަވަމުން ނެވެ.
"ކޮންމެ ވޯޓެއް އަންނައިރަށް އިސްކޮޅާ ހަމައަށް ވައުދުވުމަކީ އަދި ސަރުކާރެއް ހިންގުމެއް ނޫން. އަޅުގަނޑުމެން އޮންނާނީ ބްރިޖު އަޅާފައޭ. އަޅުގަނޑުމެން އޮންނާނީ އެއަރޕޯޓް ތަަރައްޤީ ކޮށްފައޭ. އަޅުގަނޑުމެންގެ 5 އަހަރު ހުންނާނީ ތަރައްޤީކޮށްފަ. އަޅުގަނޑުމެންގެ ސަރުކާރުގަ ތަރައްޤީކުރި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްގެން އަނެއްކާވެސް 3 ބިލިއަން ރުފިޔާގެ ލޯނެއް ތި ނަގަނީ. އެ ކޮންކަމަކަށްތޯ؟ އެ ލޯން ނަގަމުން ގޮސް 2023 އަންނަ އިރު 106 ބިލިއަން ރުފިޔާއަށްއަށޭ ދައުލަތުގެ ދަރަނި ތި ޖައްސަވަނީ. ކޮން ކަމެއް ކުރަންތޯ؟ އަތްލެވޭ ތަރައްްޤީއެއް ފެންނަ ތަރައްޤީއެއް ނެތް." މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސައީދު ވަނީ ކައުންސިލް އިންތިޚާބު ބޭނުންނަމަ އުތުރު ތިލަފަޅު އެއްބަސްވުން މަޖިލީހަށް ގެނެސްދެއްވުމަށް ވެސް ގޮވާލައްވާފައެވެ.
"ކައުންސިލް އިންތިޚާބު ދީގެން މިސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ. ކައުންސިލް އިންތިޚާބު ބޭނުމިއްޔާ އެއްކަމެއް ކޮށްދީ. އުތުރު ތިލަފަޅުގެ އެއްބަސްވުން ގެނެސްދީ މި މަޖިލީހަށް. މި މަޖިލީހުގަ ތިބި 65 މެންބަރުންނަކީ އެމްޑީޕީ. ކީއްވެގެންތޯ ބިރު ގަންނަނީ މިކަން ކުރަން. އަސްކަރީ ބޭނުމަކަށް އުތުރު ތިލަފަޅު އޮތީ ވިއްކާލާފަ އިއްޒަތްތެރި ރައީސް. އެކަން ކޮށްދީ އޭގެ ފަހުން ވޯޓަށް އާދޭ." މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، މިސަރުކާރަށް އިތުރަށް ކުރެވޭނެ ކަމެއްނެތްކަމަށާއި، އިންތިޚާބާއި ދިމާކޮށް ބޮޑެތި ވަޢުދުތައް ވުމަކީ ސަރުކާރު ހިންގުން ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު