ސުޕުރިޑެންޓެންޓު އޮފް ޕޮލިސްގެ މަގާމަށް ހަަމަޖެއްސެވި ތިން ބޭފުޅުން: (ކ-ވ) ނަޝްވާ، އިޒްމިއާ އަދި އަޒްމާ. ރައީސް ވަނީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފަ
ސުޕުރިޑެންޓެންޓު އޮފް ޕޮލިސްގެ މަގާމަށް ހަަމަޖެއްސެވި ތިން ބޭފުޅުން: (ކ-ވ) ނަޝްވާ، އިޒްމިއާ އަދި އަޒްމާ. ރައީސް ވަނީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފަ
ޒަމާނީ ފުލުހުންގެ މުއައްސާއެއްގެ އިސްސަފަށް އަންހެނުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ރާއްޖޭގައި އަލަށް ސުޕުރިޑެންޓެންޓު އޮފް ޕޮލިސްގެ މަގާމަށް ތިން އަންހެން ފުލުހުން އިއްޔަ އައްޔަނުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މި މަގާމަށް އައްޔަނުކޮށްފައިވަނީ،  ފާތުމަތު ނަޝްވާ، އިޒްމިއާ ޒާހިރު އަދި މަރިޔަމް އަޒުމާއެވެ. މި ތިން ބޭފުޅުންނަށް ވެސް ރައީސް ސާލިހު ވަނީ މަރުހަބާ ވިދާޅުވެފައެވެ.



ފުލުހުންގެ އައު ގާނޫނުގެ ދަށުން ދެ ބޭފުޅަކު ފުލުހުންގެ ބޯޑަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާއިރު، ފުލުހުންގެ މުއައްސްސަސާއަކީ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރާ އިތުބާރު ހުރި މުއައްސަސާއަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން ގިނަ އަތޮޅުތަކެއްގައި ކޮމިއުނިޓީ ފުލުހުން ގެ ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި އޭނާ ވަނީ 25 އަހަރު ހޭދަކުރައްވާފައެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަގާމަށް ހަމަޖެއްސި އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. ފުލުހުންގެ ހިދުމަތުގައި އޭނާ 16 އަހަރު ހޭދަކުރައްވާފައިވެއެވެ. ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިވަޑައިގެންނެވި ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. އޭނާއަކީ ފުލުހުންގެ ހިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން