ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލް ގައްޔޫމް ރޯދަ މަހަށް ގެއަށް ބަދަލުކޮށް ދެއްވުމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ގޮވައިލައްވައިފިއެެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގު ޝަރީއަތަކުން ކަމަށާއި އެމަނިކުފާނު މިނިވަން ކުރަންޖެހޭ ކަމަށެވެ. މި ސަރުކާރުގެ އެއްވެސް އޯގާތެރިކަމެއް އަދި އިހުސާންތެރި ކަމެއް ހުރިނަމަ މިރޯދަ މަހަށް ރައީސް ޔާމީން ގެއަށް ފޮނުވައި ދިނުމަށް ރައީސް ވަހީދު ވަނީ ގޮވާލައްވާފައެެވެ.

"އަޅުގަނޑު އުންމީދު ކުރަން މި ސަރުކާރުގެ އެއްވެސް ކަހަލަ އޯގާތެރިކަމެއް، އިހުސާންތެރިކަމެއް ހުރިކަމުގައި ވަންޏާ އެމަނިކުފާނު މިރޯދަ މަހު ގެއަށް ފޮނުވައި ދެއްވާނެ ކަމަށް." ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 487 ދުވަސް ވަނީ ވެފައެވެ. ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީއަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ވަނީ ހުށައަޅާފައެެވެ. އެހެން ނަމަވެސް ހޯމް މިނިސްޓްރީން އެކަމަށް އަދި ގޮތެއް ނިއްމާފައެއް ނުވެއެެވެ. ކުރިން ސަރުކާރުން ބުނެފައިވަނީ ރައީސް ޔާމިން ގެއަށް ބަދަލުކުރަން ޖެހޭފަދަ ސިއްހީ މައްސަލައެއް ހުރިކަން ސާބިތުވާފަދަ ލިއުމެއް ރައީސް ޔާމިންގެ ފަރާތުން ސަރުކާރަށް ހުށައަޅާފައި ނުވާ ކަމަށެވެ. ބަންދަށް ލުއިދީ ގެއަށް ބަދަލުކޮށްފައި މިހާރު ތިބި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ގޭގައި ހުކުމް ތަންފީޒު ކުރަށްވަނީ އެމީހުން ގެއަށް ބަދަލުކުރަން ޖެހޭކަން ސާބިތުވާ ލިއުއްތައް ހުށައަޅައިގެން އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން